ވިޔަފާރި
ދުރާލާ ޓިކެޓް ނަގައިގެން ހެޔޮ އަގެއްގައި މަޑިވަރަށް
18 ޖެނުއަރީ 2024: މޯލްޑިވިއަން އެއާލައިން --- ފޮޓޯ/ މޯލްޑިވިއަން
މޯލްޑިވިއަންއިން ޅ. އަތޮޅު މަޑިވަރު އެއާޕޯޓަށް ކުރާ ދަތުރުތަކުގެ ޓިކެޓް ދުރާލާ ނެގުމުން، ޓިކެޓްގެ އަގުހެޔޮކޮށްދޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މޯލްޑިވިއަނުން ބުނީ ޕްރޮމޯޝަނަލް ފެއަރގެ ދަށުން މަޑިވަރާއި މާލެއާ ދެމެދު އަދި މާލެއާއި މަޑިވަރާ ދެމެދު ކުރާ އެއްކޮޅު ދަތުރުގެ އަގަކީ 949 ރުފިޔާކަމަށެވެ. މިފެއަރގައި ދަތުރުކުރެވޭނީ މިމަހުގެ 20 ވަނަ ދުވަހުގެ ފަހުން ދަތުރުކުރާ ފަރާތްތަކަށެވެ.

ޕްރޮމޯޝަނަލް ފެއަރ ލިބޭނީ މޯލްޑިވިއަންގެ މޯބައިލް އެޕް އަދި މޯލްޑިވިއަންގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮން ޓިކެޓް ނަގާ ފަރާތަކަށެވެ.

ރާއްޖޭގެ ޤައުމީ އެއަރލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން ހިންގަމުންދާ މަޑިވަރު އެއާޕޯޓަށް ކުރާ އެއްކޮޅު ދަތުރެއްގެ އަސްލު އަގު އުޅެނީ 1377 ރުފިޔާގައެވެ. 

މަޑިވަރުގައި ތަރައްގީކޮށްފައިވާ އެއާޕޯޓް ހުޅުވީ ފެބްރުއަރީ 18، 2022ގައެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު