ވިޔަފާރި
މޯލްޑިވިއަނުން ހަނިމާދޫ އާއި ޓްރިވެންޑްރަމާ ދެމެދު އަލުން ދަތުރުތައް ފަށައިފި
ހަނިމާދޫ އާއި ޓްރިވެންޑްރަމްގެ ދަތުރުތައް އަލުން ފަށަން ބޭއްވި ހަފުލާގެ ތެރެއިން- ފޮޓޯ: މޯލްޑިވިއަން
މޯލްޑިވިއަންއިން، ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި އިންޑިއާގެ ޓްރިވެންޑްރަމްއާ ދެމެދު ކުރަމުން އައި ދަތުރުތައް އަލުން ފަށައިފި އެވެ.

މިދަތުރުތައް މެދުކަނޑާލީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީކުރުމުގެ މަސައްކަތަށެވެ.

ދަތުރުތައް ފެށުން ފާހަގަކުރުމަށް ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައިވަނީ ހަފްލާއެއް ބާއްވާފަ އެވެ. މި ހަފްލާގައި ރީޖަނަލް އެއަރޕޯޓްސްގެ އިސްވެރިންނާއި، އައިލެންޑް އޭވިއޭޝަންގެ އިސްވެރިން ބައިވެރިވެފައިވެއެވެ. 

މޯލްޑިވިއަންއިން ހަނިމާދުއިން ޓްރިވެންޑްރަމްއަށް ދަތުރުކުރާ އެންމެ ކުޑަ ފެއާ އަކީ 5،191 ރުފިޔާއެވެ.

މޯލްޑިވިއަން އިން ބުނީ އިންޑިއާގެ ޓްރިވެންޑްރަމްއަށް ދަތުރުކުރުމަށް ވެބްސައިޓާއި އެޕް މެދުވެރިކޮށް އަދި ޓިކެޓް އޮފީސް މެދުވެރިކޮށް ޓިކެޓް ބުކް ކުރެވޭނެ ކަމަށެވެ.

ދަތުރުތައް ފެށުމުގެ ބޭނުމަކީ މޯލްޑިވިއަންއިން ދަތުރުކުރާ މަންޒިލްތައް އިތުރުކޮށް، ރާއްޖޭގެ އުތުރުން ސީދާ ބޭރު ގައުމުތަކަށް ދަތުރުކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު