ޚަބަރު
ގއ. ވިލިނގިލިން މާލެ ނުގެނެވި ލަސްވި ކުއްޖާ ނިޔާވެއްޖެ
ބަލިމީހަކު މާލެ ނުގެނެވި ލަސްވާތީ ގއ. ވިލިގިނލީގައި އިއްޔެ މުޒާހަރާކުރަނީ --
މިދިޔަ ބުރާސްފަތި ދުވަހު ހާލުދެރަވެގެން ގއ. ވިލިނގިލިން މާލެ ނުގެނެވި ލަސްވި ކުޑަކުއްޖާ މާލެ ގެނެސް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެ އެވެ.

ނިޔާވެފައިވަނީ އުމުރުން 13 އަހަރުގެ ކުއްޖެކެވެ. 

އެ ކުއްޖާ ނިޔާވިކަން އައިޖީއެމްއެޗް އިން ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

އެ ކުއްޖާއަށް ފުރަތަމަ ފަރުވާ ދެމުން ގޮސްފައި ވަނީ އެރަށު ހޮސްޕިޓަލުގައެެވެ.

ގއ. ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލުން އެކުއްޖާ މާލެ ގައުމުގެ އިންތިޒާމުތައް ހަމަނުޖެހި ލަސްވުމުގެ ސަބަބުން އެ ރަށު ރައްޔިތުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހޮސްޕިޓަލު ކައިރީގައި މުޒާހަރާ ވެސް ކޮށްފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު