ޚަބަރު
ގެބުނު ފަތުރުވެރިއަކު ސަލާމަތްކުރަން އުޅުނު ދިވެއްސަކު މަރުވެއްޖެ
އދ. ސެންޓާރާ ރިސޯޓް؛ ސަލާމަތްކުރަން އުޅެނިކޮށް މަރުވި ޒުވާނާ
މޫދަށް އެރިގެން އުޅުނު ފަތުރުވެރިޔަކު ގެނބެމުން ދަނިކޮށް އޭނާ ސަލާމަތް ކުރަން އުޅުނު ދިވެއްސަކު މަރުވެއްޖެ އެވެ.

މަރުވެފައިވަނީ އުމުރުން 39 އަހަރުގެ މީހެކެވެ.

މިހާދިސާ ހިނގީ މިއަދު މެންދުރުކުރީގެ ވަގުތެއްގައި އދ. އަތޮޅުގައި ހިންގާ ސަންޓާރާ ރިސޯޓު ގައެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އދ. ސެންޓަރާ ރިސޯޓުގައި ފަތުރުވެރިއަކު ގެނބިގެން އުޅެނިކޮށް ސަލާމަތްކުރުމަށް މަސައްކަތް ކުރި ދިވެހި މުވައްޒަފަކު ގެނބި، ހާލު ދެރަވެގެން ދަނގެތީ ހެލްތު ސެންޓަރަށް ގެންދިޔަ އިރު އެމީހާ އޮތީ މަރުވެފައި ކަމަށެވެ.

ފުލުހުން ބުނީ ގެނބުނު ފަތުރުވެރިޔާގެ ހާލު ރަނގަޅު ކަމަށެވެ. އަދި މިކަމުގައި ބަލަން ޖެހޭ ކަންކަން ބަލަމުންދާކަަމަށް ވެސް ފުލުހުން ބުނެ އެވެ.  

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު