ޚަބަރު
މާލެ ފަހި ޕްރޮގްރާމް ތަންފީޒުކުރެއްވުމަށް ރައީސް ނިންމަވައިފި
ތޮއްޖެހުން ކުޑަކުރަން "މާލެ ފަހި ޕްރޮގްރާމް" ފަށަން ސަރުކާރުން ނިންމައިފި އެވެ.

މި ޕްރަގްރާމަކީ ގްރޭޓާ މާލެ ސަރަހައްދު ގައި މަގުމަތީ ގައި ދުއްވާ އުޅަނދުތައް ގިނަވުމުގެ ސަބަބުން ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ކުރިއަށް ގެންދަން ނިންމާފައިވާ ޕްރަގްރާމެކެވެ.

"މާލެ ފަހި ޕްރޮގްރާމް" ތަންފީޒުކުރެއްވުމަށް ރައީސް ނިންމަވާފައިވަނީ "މާލެ ފަހި ޕްރޮގްރާމް" އާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ދެއްވާފައިވާ ލަފާފުޅުތަކާއި އެއްގޮތަށެވެ. 

ރައީސް ވަނީ "މާލެ ފަހި ޕްރޮގްރާމް" އާއި ގުޅޭގޮތުން ކަމާ ބެހޭ އިދާރާތަކުގެ މެދުގައި ޓައިމްލައިންތައް ހިމެނޭގޮތަށް އެކްޝަން ޕްލޭނެއް އެކުލަވާލައިގެން މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށްވެސް ނިންމަވާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު