ޚަބަރު
ރާއްޖޭގައި އިންވެސްޓްކުރަން ނިއުޒިލެންޑަށް ދައުވަތު
ރައީސް ޑރ. މުއިއްޒު، ނިއުޒިލެންޑްގެ ބޮޑުވަޒީރުގެ ނައިބު ވިންސްޓަން ޕީޓަސްއާ ސަލާންކުރައްވަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒު ނިއުޒިލެންޑްނިއުޒިލެންޑްގެ ބޮޑުވަޒީރުގެ ނައިބު، ވިންސްޓަން ޕީޓަރސްއާ އިއްޔެ ބައްދަލުކުރައްވައި ރާއްޖޭގައި އިންވެސްޓްކުރަން ދައުވަތު ދެއްވައިފި އެވެ.

މި ދައުވަތު ރައީސް ދެއްވީ ނިއުޒިލެންޑްގެ ބޮޑުވަޒީރުގެ ނައިބު، ވިންސްޓަން ޕީޓަރސްއާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.

އދ.ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގެ ހަވާސާގައި ބޭއްވި މި ބައްދަލުވުމުގައި ރައީސް އާއި ބޮޑުވަޒީރު ވަނީ، ދެޤައުމުގެ ދޭދޭ ފަރުދުންގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް، ވިޔަފާރި ހަރުދަނާކުރުން ފަދަ، ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާ ތަކާމެދު މަޝްވަރާކުރައްވާފަ އެވެ. އަދި ޖޯގްރަފީ ގޮތުން ރާއްޖެ އޮންނަ ތަނުގެ އިސްތިރާޖީ ފައިދާގެ ބޭނުން ހިއްސާކުރުމާމެދު ވެސް ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.

މީގެއިތުރުން އަންނަ އޮކްޓޯބަރު މަހު ސަމޯއާގައި ބާއްވަން ހަމަހިފައިވާ ކޮމަންވެލްތު ހެޑްސް އޮފް ގަވަމަންޓް އަކީ، ބައިނަލްއަޤުވާމި ފެންވަރުގައި ދެ ފަރާތައް ހުރި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އެކުގައި މަސައްކަތްކުރަން އޮތް ފުރުޞަތެއްކަން ފާހަގަކުރެއްވި އެވެ.

"މީގެ އިތުރުން އަންނަ އޮކްޓޯބަރު މަހު ސަމޯއާގައި ބާއްވަން ހަމަހިފައިވާ ކޮމަންވެލްތު ހެޑްސް އޮފް ގަވަމަންޓް އަކީ، ބައިނަލްއަގުވާމި ފެންވަރުގައި ދެ ފަރާތައް ހުރި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އެކުގައި މަސައްކަތްކުރަން އޮތް ފުރުސަތެއް ކަން ފާހަގަކުރެއްވި އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ބުންޏެވެ.

ނިއުޒިލެންޑްގެ އިންވެސްޓަރުންނަށް ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި އިންވެސްޓު ކުރުމަށް ރައީސް ދައުވަތު ދެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު