ޚަބަރު
ނިއުކްލިއާ ހަތިޔާރު ނައްތާލަން ރާއްޖޭން ގޮވާލައިފި
ނިއުކްލިއާ ހަތިޔާރު ނައްތާލަން ރާއްޖޭން ގޮވާލުން
ނިއުކްލިއަރ ހަތިޔާރު މުޅިން ނައްތާލުމާ ގުޅޭ ގޮތުން އދ. ގައި ބޭއްވި މަތީ ފެންވަރުގެ ބައްދަލުވުމެއްގައި ނިއުކްލިއާ ހަތިޔާރު ނައްތާލަން ދިވެހި ރާއްޖެއިން ގޮވާލައިފި އެވެ.

އެންވަޔަރަމެންޓް މިނިސްޓަރު ތާރިގު އިބްރާހިމް  މިހެން ވިދާޅުވީ ނިއުކްލިއާ ހަތިޔާރު މުޅިން ނައްތާލުމާ ގުޅޭ ގޮތުން ބޭއްވުނު މަތީ ފެންވަރުގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ބަޔާން އިއްވަވަމުންނެވެ.

މި ބައްދަލުވުމަކީ އދ. ގެ ޖެނެރަލް އެސެމްބްލީގެ ތެރެއިން ކުރިއަށްދިޔަ ބައްދަލުވުމެކެވެ. މިނިސްޓަރ އިއްވި ބަޔާނުގައި، ދުނިޔޭގެ ސުލްހަ ގާއިމްކުރުމަށްޓަކައި ނިއުކްލިއާ ހަތިޔާރު ނައްތާލުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.

"ދުނިޔޭގެ ސުލްޙައާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ނިއުކްލިއާ ހަތިޔާރު ނައްތާލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް," މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިއްވި މި ބަޔާނުގައި ވަނީ ރާއްޖެއަކީ އަބަދުވެސް ނިއުކްލިއަރ ހަތިޔާރު ނައްތާލުމަށް ގޮވާލާ ގައުމެއްކަން ފާހަގަކޮށް، މި މަސައްކަތުގައި ބައިނަލްއަގްވާމީ މުޖުތަމައުގެ އެއްބާރުލުން މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

އދ. ގައި ބޭއްވި މި ބައްދަލުވުމުގައި ބައިވެރިވި އެހެން ގައުމުތަކުގެ ވެރިންނާއި މަންދޫބުން ވެސް ނިއުކްލިއަރ ހަތިޔާރުގެ ނުރައްކާތެރިކަމާއި، އެ ހަތިޔާރު ނައްތާލުމުގެ މުހިންމުކަން ފާހަގަކުރިކަން ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު