ޚަބަރު
ރާއްޖޭގެ ހާލަތު ރައީސް ޔޫއޭއީއާ ހިއްސާކުރައްވައިފި
ރައީސް ޑރ މުހައްމަދު މުއިއްޒު، އެކުވެރި ޢަރަބި ޢިމާރާތް، ޔޫ.އޭ.އީ ގެ ބޮޑުވަޒީރުގެ ނައިބު އަދި ހާރިޖީ ވަޒީރު ހިޒް ހައިނަސް، ޝައިޚް ޢަބްދުﷲ ބިން ޒާއިދު އާލް ނަހްޔާނާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ، ރާއްޖޭގެ މިހާރުގެ ޙާލަތާ ބެހޭގޮތުން މައުލޫމާތު ދެއްވަައި ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކުރައްވާފައެވެ. މީގެއިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި، ޚާއްޞަގޮތެއްގައި އިޤްތިޞާދީ ތަރައްޤީއާއި، އިންވެސްޓްމަންޓް އަދި ޞިއްޙީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ އެހީތެރިކަން ފާހަކުރެއްވިއެވެ.

ރައީސް މުއިއްޒުގެ ވާހަކަފުޅަށް ޖަވާބު ދެއްވަމުން ޔޫ.އޭ.އީ ގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް އެހީތެތިކަން ފޯރުކޮށްދެވެން އޮތް ކޮންމެ ދާއިރާއަކުންވެސް އެހީތެރިވުމަށް ޔޫ.އޭ.އީ އިން ތައްޔާރަށް އޮތް ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މުހިއްމުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ ދެ ގައުމުގެ ދެމެދުގަައި އޮތް ސިޔާސީ ގުޅުން ހަރުދަނާކޮށް، ދެ ގައުމުން އިސްކަންދޭ ކަންކަމުގައި އެކުގައި މަސައްކަތް ކުރެއްވުމާ އެކު އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ،" ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ ދެ ޤައުމުގެ ދެމެދުގަައި އޮތް ސިޔާސީ ގުޅުން ހަރުދަނާކޮށް، ދެޤައުމުން އިސްކަންދޭ ކަންކަމުގައި އެކުގައި މަސައްކަތް ކުރެއްވުމާއެކު އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވަމުންވެ.

އދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް، ރައީސް މުއިއްޒު އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަންނަވާނީ މިހިނގާ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު