ޚަބަރު
ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގަންނަވަނީ އަންނަ މަހު ކުރީކޮޅު
ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަ މަހު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ.

އިންޑިއާގެ ނޫސްތަކުން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުން، ރައީސް މުއިއްޒުގެ  ތިން ދުވަހުގެ މި ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 7 އިން 9 އަށެވެ.

މި ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހިމެނޭހެން އިސް ބޭފުޅުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

މިކަމާ ގުޅިގެން ދިވެހި ސަރުކާރުގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.

ރައީސް މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއަށް މިހާތަނަށް ކުރެއްވީ ރަސްމީ އެންމެ ދަތުރުފުޅެކެވެ. އެއީ މިދިޔަ ޖޫން މަހުގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު