ޚަބަރު
މަސްވެރިންނަށް ވަގުތުން ފައިސާ ދޭން ގޮވާލާ ކުއްލި މައްސަލައެއް
މަސްވެރިން މިފަހުން މާލޭގައި ކުރި މުޒާހަރާގެ ތެރެއިން
މަސްވެރިން އަތުން ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް ގަންނަ މަހަށް ފައިސާ ނުދީ ގިނަ ދުވަސްވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި، ސަރުކާރުގެ ވައުދާ އެއްގޮތަށް 48 ގަޑިއިރު ތެރޭގައި އެ ފައިސާ ދޫކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ކުއްލި މައްސަލަ ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެންބަރު އަހުމަދުދީދީ އެވެ.

ކުއްލި މައްސަލަ ބަހުސްކުރަން ފެންނަ ކަމަށް ފާސްވީ ވޯޓު ދެއްވި 74 މެންބަރުންގެ އިއްތިފާގުންނެވެ. 

"މަސްވެރިން އަތުން ގަންނަ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅެއް،" މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވަގުތުން ހަމަޖައްސަން ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.

އަހުމަދުދީދީ ވިދާޅުވީ ފާއިތުވި ދެ މަސް ދުވަހު މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދީފައިނުވާ ކަމަށާއި އޭގެ ސަބަބުން މަސްވެރިން ތިބީ ބިކަވެ ހާލުގައި ޖެހިފައި ކަމަށެވެ.

"(މަސްވެރިން ތިބީ) ޔުޓިލިޓީ ބިލްތަކާއި އެހެންވެސް ބިލްތައް ދެއްކޭނެ ގޮތެއް ނެތިފަ. މަސްވެރިކަމަށް ބަރޯސާވާ ރަށްރަށުގެ އިގުތިސާދު ހުއްޓުމަކަށް އައިސްފައިވާތީ އެކަން ނިމުމަކަށް ގެންނަން އެބަޖެހޭ،" އަހުމަދުދީދީ ވިދާޅުވި އެވެ.

މަސްވެރިން ހައްގު ހޯދުމަށް އިހުތިޖާޖުކުރަމުންދާއިރު އެ އިހުތިޖާޖަށް ފުލުހުން ހުރަސް ނޭޅުމަށްވެސް ކުއްލި މައްސަލައިގައި ގޮވާލާފައިވެ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު