ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
ކުންފުނީގެ ބިލު ފާސްކޮށްފި
މަރިޔަމް އަނާ
17 ސެޕްޓެމްބަރ 2024 - 11:26
0
comments
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
Tweet
Telegram
ސަރުކާރުގެ ފަރާތުން ކުންފުނީގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލަކީ މިހާރު އަމަލުކުރަމުންދާ ކުންފުނީގެ ގާނޫނުގައި ހުރި ބައެއް މާއްދާތައް އިސްލާހުކޮށް، އެ ގާނޫނުގެ ދަށުން ލާޒިމުކުރާ ބައެއް ކަންކަން ކުރުމަށް ކަނޑައަޅާފައިވާ މުއްދަތުތައް ކުރު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހެކެވެ.
އެގޮތުން ކުންފުނިތަކުގެ އާންމު ޖަލްސާ ބާއްވަންޖެހޭ މުއްދަތު ޖަލްސަ ބޭއްވުމަށް އެދޭތާ ތިން ދުވަހުގެ ތެރޭގައި ޖަލްސާއަށް ދައުވަތު ދީ 10 ދުވަހުގެ ތެރޭގައި ޖަލްސާަ ބާއްވަަން ވާނެ ކަމަށެވެ. އަދި ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ ހަތް ދުވަސްކުރިން ނޯޓިސް ފޮނުވާ ގޮތަށް ގާނޫނު އިސްލާހުކޮށްފައިވެ އެވެ.
އޭގެ އިތުރަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރެއް ނެތް ހާލަތުގައި ނުވަތަ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ އަދަދު ކަނޑައެޅިފައިވާ އަދަދަށްވުރެ މަދުވެއްޖެނަމަ، ބޯޑަށް މެންބަރުން އަދި އެމްޑީ އައްޔަންކުރަން އަންގާތާ ދިހަ ދުވަހުގެ ތެރޭގައި އެމްޑީ އަދި ބޯޑުގެ މެންބަރުން އައްޔަންކުރަންޖެހޭނެ ކަމަށެވެ.
މަޖިލީހުން މި އިސްލާހުތައް ފާސްކޮށްފައިވަނީ މިއަދުގެ ޖަލްސާގައި، ވޯޓުގައި ބައިވެރިވި 85 މެންބަރުންގެ ވޯޓުންނެވެ. މި އިސްލާހު ފާސްކުރުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.
ސަރުކާރު މެންބަރުން ވަނީ އެ އިސްލާހުތައް ގެނައުމުން ރައްޔިތުންނަށް އެކަމުގެ ފައިދާތައް ވާނެ ކަމަށް ވިދާޅުވެފައެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 މަސް ކުރިން
0
އަންނަ އަހަރަށް ހުށަހެޅި ދައުލަތުގެ ބަޖެޓުގެ ބަހުސް ނިންމާލައިފި
2 މަސް ކުރިން
0
މެންބަރަކު ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަނީ
2 މަސް ކުރިން
0
ޕާޓީ ބަދަލުކޮށްފިނަމަ އިސްތިއުފާ ދޭންޖެހޭ ގާނޫނުގެ މާއްދާތަކެއް ބާތިލްކުރަން ހައި ކޯޓަށް
2 މަސް ކުރިން
0
ޓޫރިޒަަމްގެ ކަންބޮޑުވުން އިގުތިސާދީ ކޮމިޓީން އަޑުއަހަން ހުށަހަޅައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ޒަހަމުވެފައި އޮތް މީހަކު ސެނެހިޔާ ކައިރީން ފެނިއްޖެ
21 މިނެޓް ކުރިން
0
ސްޓެލްކޯގެ މުވައްޒަފަށް ހަމަލާދިން މީހާގެ ވަނަވަރު ހާމަކޮށްފި
24 މިނެޓް ކުރިން
0
އެމްޑީޕީގެ ހަރުގެއަށް ކަޅުތެޔޮ ޖަހައިފި
26 މިނެޓް ކުރިން
0
ފްލެޓް ލިބުނު 4000 ގެ ލިސްޓު ވެރިފައި ކުރަނީ
15 ގަޑިއިރު ކުރިން
0