ޚަބަރު
އީދު މިސްކިތުން ވައްކަން ކުރި މީހަކު ހައްޔަރުކޮށްފި
މާލޭގައި ހުންނަ އީދު މިސްކިތުން ފަންކާތަކެއްގެ ވަގަށް ނެގި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި އީދު މިސްކިތުން ވައްކަން ކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 41 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

މާލޭގެ މިސްކިތްތަކުން ވައްކަން ކުރާ މައްސަލަ ބޮޑުވެގެން، އެ ތަންތަން ބަލަހައްޓާ މާލޭ ސިޓީ ކައުންސިލުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ ވައްކަންތަކާ ގުޅިގެން ސިޓީ ކައުންސިލުން ސޯޝަލް މީޑިއާގައި އެކި ފަހަރު މަތިން ޕޯސްޓުތައް ކޮށްފައި ވެސް ވެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު