ޚަބަރު
އެކަނިވެރި މައިންނަށް ދޭ އިނާޔަތް ބޮޑުކުރަން ނިންމައިފި
އެކަނިވެރި މައިންނަށް ދޭ އިނާޔަތް ބޮޑުކުރުމަށް ރައީސް ޑރ. މުއިއްޒު ނިންމަވައިފި އެވެ.

ރައީސް މިކަން ހާމަކުރެއްވީ، އެކި ކަންކަމުގައި ޢާއްމުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ސުވާލުކުރެވޭ ގޮތަށް "ރައީސްގެ ޖަވާބު" ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމަށް ފުވައްމުލައް ސިޓީ، މާވަށްގޭ، ފާޠިމަތު ޢާފިޔާ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

އާފިޔާ ވަނީ އެކަނިވެރި މައިންގެ ޢިނާޔަތާއި ޔަތީމު ކުދީންނަށް އަޅާލުމުގައި ސަރުކާރުގެ ސިޔާސަތުތައް އޮތްގޮތާ ގުޅޭގޮތުން ރައީސްއާ ސުވާލުކޮށްފައެވެ. މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެކަނިވެރި މައިންނަށް ދޭ ޢިނާޔަތް ބޮޑު ކުރުމަކީ، އެމަނިކުފާނުގެ ވަޢުދުފުޅެއްކަމަށާއި، އެވަޢުދު ފުއްދުމުގެ މަސައްކަތް މިހާރުވެސް ކުރައްވަމުން އަންނަ ކަމަށެވެ. 

އަދި ރާއްޖޭގެ އިޤްތިޞާދީ ހާލަތު މިހާރު އޮތްގޮތުން ޢިނާޔަތް ވަގުތުން ވަގުތަށް ބޮޑުކުރުމަކީ ދަތިކަމެއް ކަމަށެވެ. އެހެންނަމަވެސް، ޢިނާޔަތް ބޮޑުކުރުމަށް އަންނަ އަހަރަށް ދައުލަތުން އެކުލަވާލާ ބަޖެޓުގައި ހިމަނުއްވާ، ޢިނާޠަތް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މި އަންނަ އަހަރަކީ އެކަނިވެރި މައިންނަށްދޭ އިނާޔަތް ބޮޑުކުރެވޭނެ އަހަރަކަށް ހަދާނަން. އެ އިނާޔަތް ބޮޑު ކުރެވޭތޯ މިއަހަރުވެސް މަސައްކަތް ކުރަމުން މިދަނީ." ރައީސް ވިދާޅުވި އެވެ. 

މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯއިން ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެކަނިވެރި މައިންގެ ގޮތުގައި ރާއްޖޭގައި 5،443 މީހުން ރަޖިސްޓްރީކޮށްފައި އެބަތިއްބެވެ. މި މީހުންނަކީ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ދެމުންދާ އެކަނިވެރި މައިންގެ އެލަވަންސް ލިބޭ ފަރާތްތަކެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުން އެކަނިވެރި މައިންނާއި ބަފައިންނަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ކުރި ޚަރަދުތައް މިދިޔަ 3 އަހަރުގެ ތެރޭގައި އެންމެ ގިނައީ 2019 އަހަރުއެވެ. އެގޮތުން 2018 ވަނަ އަހަރު މިފަދަ މީހުންނަށް 51.5 މިލިޔަން ޚަރަދުކުރި އިރު 2019 އަހަރު ޚަރަދުކޮށްފައިވަނީ 62.6 މިލިޔަން ރުފިޔާއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު