ޚަބަރު
ޕާކިސްތާންގެ ހިލޭ އެހީގައި ތައުލީމީ ދެ ބިނާއެއް
ޕާކިސްތާންގެ ހިލޭ އެހީގައި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ މެޑިކަލް ސްކޫލާއި ޓީޗީން ހޮސްޕިޓަލް ހަދައިދޭ ގޮތަށް ނިންމައިފަ އެވެ.

ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައިވާ އެމްބެސެޓަރު، ވައިސް އެޑްމިރަލް މުޙައްމަދު ފައްޔާޒު ގިލާނީ ވިދާޅުވީ، މެޑިކަލް ސްކޫލް އެންޑް ޓީޗިންގ ހޮސްޕިޓަލަކީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މިސާލެއް ކަމަށާއި، ދެ އަހަރާއި ބައިގެ ތެރޭގައި އިމާރާތުގެ މަސައްކަތް ނިންމައި 2027 ވަނަ އަހަރު ޚިދުމަތް ދެވޭ ވަރަށް މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

މެޑިކަލް ސްކޫލާއި ޓީޗިންގ ހޮސްޕިޓަލް ފަރުމާކޮށްފައި ވަނީ ޕާކިސްތާނުގެ އާތިފު ނަޒަރު ޕްރައިވެޓް ލިމިޓެޑުންނެވެ. މެޑިކަލް ޓޫރިޒަމަށްވެސް މަގުފަހިވާގޮތަށް އިމާރާތް ކުރާ މި ސްކޫލާއި ހޮސްޕިޓަލުގައި ކިޔަވާ ދަރިވަރުންނަށް ޚާއްޞަ އެކޮމޮޑޭޝަން ބްލޮކެއް ވަކިން ހުންނާނެއެވެ

އެމްއެންޔޫގެ މެޑިކަލް ސްކޫލުގައި މިހާރު 300 އާ ގާތްކުރާ އަދަދަކަށް ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.

އެމްއެންޔޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ އިމާރާތުގެ ޑިޒައިން ވެސް ވަނީ ދައްކާލައިފަ އެވެ. ތިމާވެއްޓާ ރައްޓެހިކޮޑް ހަދާ މެޑިކަލް ސްކޫލާއި ޓީޗިން ހޮސްޕިޓަލް ޑިޒައިންކުރީ ޕާކިސްތާނުގެ އާތިފު ނަޒަރު ޕްރައިވެޓް ލިމިޓެޑުންނެވެ.

މެޑިކަލް ސްކޫލާއި ޓީޗިން ހޮސްޕިޓަލް އިމާރާތް ކުރަން ނިންމާފައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 5،700 އަކަމީޓަރުގެ ސަރަހައްދެއްގަ އެވެ.

ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، ކޮންމެ އަހަރަކުވެސް މެޑިކަލް ސުކޫލުގައި ބައިވެރިވާން ބޭނުންވާ އެތައް ކުދިންނެއް ތިބޭކަމަށެވެ. މީގެ ތެރޭގައި ރާއްޖެއިން ބޭރުގެ ދަރިވަރުންވެސް ހިމޭނޭކަމަށް ޝެހެނާޒް ވިދާޅުވިއެވެ.

ޝެހެނާޒް ވިދާޅުވީ، ދަރިވަރުންނަށް ކިޔަވައިދިނުމަށް މިހާރު ބޭނުން ކުރަމުންދާ ދަރުމަވަންތަ ހޮސްޕިޓަލްގެ ދެ ފަންގިފިލާއިންވެސް ނުފުދޭކަމަށާއި މިކަން ހައްލުކުރުމަށް މެޑިކަލް ސުކޫލެއް އެޅުމަކީ މުހިންމުކަމެއްކަމަށެވެ.  

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު