ޚަބަރު
ކިނބިދުއާއި ވޭމަންޑޫ ގުޅުނީމާ މަތީ ތައުލީމުގެ ފުރުސަތުތައް ފަހިވާނެ: ރައީސް
ތ. އަތޮޅުގެ ކިނބިދޫއާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލައި، އެއް ފަސްވުމުން ކިނބިދޫގައި ދިރިއުޅޭ ކުދިންނަށް ވެސް މަތީ ތަޢުލީމު ހާސިލް ކުރުމުގައި ހުރި ގޮންޖެހުންތައް ހައްލުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އާންމު ރައްޔިތުންގެ ސުވާލުތަކަށް ސީދާ ރައީސް ޖަވާބުދެއްވައި "ރައީސްގެ ޖަވާބު" ސިލްސިލާގެ މިއަދު ތ.ކިނބިދޫ، ނަރުގިސްވިލާ، ޢާއިޝަތު ވަސީލާ، ވަނީ އެ ރަށުގައި މަތީ ތައުލީމުގެ ފުރުސަތުތައް ފަހިވެފައި ނެތުމުގެ ކަންބޮޑުވުން ރައީސާ ހިއްސައި ކުރައްވައި އެކަން ހައްލުކުރައްވަން އެ މަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅާ ގުޅޭ ގޮތުން ސުވާލު އަމާޒުކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބުއަރުވަމުން ރައީސް ވިދާޅުވީ، ކިނބިދޫގައި މިހާރު އޭލެވެލްއަށް ކިޔެވުމުގެ ފުރުސަތު ފަހިވެފައި ނެތް ނަމަވެސް، އެ ރަށާއި ވޭމަންޑުއާ ގުޅުވައިލައި ނިމުމުން، އެ ކަމަށް ހައްލުތަކެއް އަންނާނެ ކަމަށެވެ. އެ ރަށުގައި ދިމާވެފައި އޮތް މައްސަލައަށް އެ މަނިކުފާނު ގެންގުޅުއްވައި އެއް ވިސްނުންފުޅަކީ އެއީ ކަމަށް ރައީސް ވިދާޅުވި އެވެ.

ކިނބިދޫއާއި ވޭމަންޑޫ ގުޅުވާލުމުން އާބާދީ އިތުރުވެ އެހެން ރަށްރަށުން ކިޔަވަން ބަދަލުވާ ދަރިވަރުންނާއެކު ޔުނިވަރސިޓީ ތަޢުލީމުގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ކޯޒްވޭއަކުން ދެ ރަށް ގުޅައިލުމަކީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވައުދުފުޅެކެވެ. ފަސް އަހަރުގެ ދައުރު ނިމުނުއިރު ވެސް މަޝްރޫއުގެ މަސައްކަތް ފެށިފައިނުވާއިރު، އެއްވެސް ކުރިއެރުމެއް ވެސް ލިބިފައެއް ނުވެ އެވެ. އެ ރަށުގެ ރައްޔިތުން ވަނީ އެ ކަމުގެ ކަންބޮޑުވުން ރައީސް ޑރ. މުޢިއްޒުއާ ހިއްސާ ކުރައްވާފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު