ޚަބަރު
ޒުވާނުންނަށް މާލެ ނުގޮސް ރަށުގައި ތިބެގެން ވަޒީފާގެ ފުރުސަތު ހޯދައިދޭނަން: ރައީސް
އަމިއްލަ ރަށުގައި ތިބެ އުފައްދާ ތަކެތި ވިއްކައިގެން އާމްދަނީ ހޯދޭނެ ޕްލެޓްފޯމެއް ޤާއިމުކޮށްދެއްވާނެކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ވިދާޅުވީ ވަކި ރަށެއްގައި ހުރީތީ އަމިއްލައަށް އާމްދަނީ ހޯދުމުގެ ދޮރު ބަންދުނުވާނެކަމަށެވެ. 

އެ މަނިކުފާނު މިފަދައިން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މިހާރު ކުރިއަށްގެންދަވާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގެ ތެރެއިން ތ.ކިނބިދޫ، އުފާ، އާއިޝަތު ރައުނާ މުޙައްމަދު ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ރައީސް ވިދާޅުވީ ޒުވާނުންނަށް މާލެ ނުގޮސް ރަށުގައި ތިބެގެން ވަޒީފާގެ ފުރުސަތު ހޯއްދަވައިދެއްވަން ބޭނުންފުޅުވާ ކަމަށެވެ.

ނަމަވެސް ތ.އަތޮޅަކީ ވަޒީފާގެ ފުރުސަތުތައް މަދު އަތޮޅެއް ކަމަށާއި އޮތީ އެންމެ ރިސޯޓެއް ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ޒުވާނުންގެ ތެރެއިން އެކި ކަހަލަ ހުނަރު ހުންނަ ކުދިން ތިބޭނެ ކަމަށާއި އެ ހުނަރުތައް ކޮންމެ ތާކު ތިބެފެންވެސް ވިއްކާލުމުގެ ފުރުސަތު ފަހިކޮށްދޭން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މީގެ އިތުރުން ކޮންމެ މަސައްކަތެއްވެސް ކުރަން ބޭނުންވާ ޒުވާނުންނަށް އަތޮޅުތެރޭގައި މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިދޭނެ ކަމަށެވެ. އަދި އެކަމަށް އިގުތިސާދު ފުޅާކުރަންޖެހޭނެ ކަމަށާއި އިގުތިސާދު ފުޅާކުރުމަށް ވިސްނަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިދިޔަ ދުވަސްތަކުގައި ތ. އަތޮޅަށް އެފަދަ ފުރުސަތު ލިބިފައިނުވާ ކަމަށާއި އަތޮޅު ރައްޔިތުންވެސް އަދި ރައުނާވެސް އުއްމީދު ކުރެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ. އަދި ނަތީޖާ ނެރެދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު