ޚަބަރު
ބެޓީ ކްރޮކާގެ ދެ ކޭކް މިކްސްއެއްގައި އުކުނު، ނުވިއްކަން އަންގައިފި
ދިވެހިން އާންމުކޮށް ކޭކް އަޅަން ބޭނުންކުރާ ބްރޭންޑެއް ކަމަށްވާ ބޭޓީ ކްރޮކާގެ ބައެއް ކޭކް މިކްސްއިން އުކުނު ފެނިފައިވާތީ، އެ ބާވަތުގެ ކޭކް މިކްސް ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު އަންގައިފި އެވެ.

އެމްއެފްޑީއޭ އިން ބުނީ އެ ބްރޭންޑުގެ ކޭކް މިކްސްގެ ދެ ވައްތަރެއްގެ ޕެކެޓުގައި އުކުނު ހުރިކަމަށް ބުނެ އާންމުންގެ މީހަކު ހުށަހެޅި ޝަކުވާއަކާ ގުޅިގެން މާލޭ ބާޒާރުން ސާމްޕަލް ނަގައިގެން ބެލި ކަމަށެވެ.

ތަފްސީލް - އެ އިދާރާ އިން ބުނީ އުކުނު ހުރިކަމަށް ފާހަގަ ކުރެވުނީ

  • ބެޓީ ކްރޮކާ ސުޕަ މޮއިސްޓު މިލްކް ޗޮކްލެޓް (މުއްދަތު ހަމަވަނީ 13 އޭޕްރީލް 2024)

  • ބެޓީ ކްރޮކާ ސުޕަ މޮއިސްޓް ޗޮކްލެޓް ފަޖް (މުއްދަތު ހަމަވަނީ 18މާޗް 2024)

އެމްއެފްޑީއޭއިން ހިއްސާކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، އުކުނު ފެނިފައިވަނީ އަންނަ މާޗު މަހުގެ 18އަށް މުއްދަތު ހަމަވާ، ބެޓީ ކްރޮކާ ސުޕަ މޮއިސްޓް ޗޮކްލެޓް ފަޖް ކޭކް މިކްސްއިންނެވެ. އަދި ދެން ތަޣައްޔަރުވެފައިވާ ކަމަށް ފާހަގަކުރެވިފައިވަނީ އަންނަ އޭޕްރިލް މަހުގެ 13އަށް މުއްދަތު ހަމަވާ، ބެޓީ ކްރޮކާ ސުޕަ މޮއިސްޓް މިލްކް ޗޮކްލެޓް ކޭކް މިކްސްއިންނެވެ.

އެ އޮތޯރިޓީން ވަނީ އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތު 3014361 އާއި 7603204 ނަމްބަރުން ލިބޭނެ ކަމަށް ބުނެފައެވެ.

ދިވެހިންގެ މެދުގައި މަގުބޫލު ބައެއް ކާބޯތަކެއްޗާއި ބޭހުގެ ވެސް ބައެއް ބެޗުތައް ތަޣައްޔަރުވެފައިވުމުން، އެ ބާވަތުގެ އުފެއްދުންތައް ބޭނުންނުކުރަން މީގެ ކުރިން ވެސް އެމްއެފްޑީއޭއިން އިލްތިމާސްކޮށްފައިވެއެވެ. އެގޮތުން، ޕްލާސްޓިކް ހިމެނޭތީ، ޓޮބްލެރޫންގެ ބައެއް ޗޮކްލެޓް ވިއްކުން މިދިޔަ މަހު މަނާކުރިއެވެ.


ކިޔުންތެރިންގެ ޝުއޫރު
50%
0%
50%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު