
އިސްލާމިކް މިނިސްޓްރީން ގއ. ގެމަނަފުށީގައި ފެށި ޕްރޮގްރާމްގައި ފުރަތަމަ ބުރުގައި ދެކުނުގެ ރަށްރަށުން 77 އިމާމުން ބައިވެރިވެ އެވެ.މި ތަމްރީން ޕްރޮގްރާމްތައް ހަތަރު ދުވަހަށް ކުރިއަށް ގެންދާ އިރު، ޖުމްލަ ނުވަ މާއްދާއެއް ކިޔަވައި ދޭނެ އެވެ.އިމާމުން ތަމްރީންކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމަކީ އިމާމުކަމުގެ ދާއިރާއިން އިމާމުންނަށް އިންޓެންސިވް ތަމްރީން ފޯރުކޮށްދީ މި ޒަމާނުގައި އިމާމުންނަށް ބޭނުންވާ، މިސްކިތްތަކާ ގުޅޭ އިތުރު މަޢުލޫމާތު ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.