
ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ހާއްސަ ކެޓަގަރީއެއް ކަނޑައެޅުއްވުމަކީ ރިޔާސީ ކެމްޕެއިންގައި ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދެކެވެ."ރައީސްގެ ޖަވާބު" ޕްރޮގްރާމުގެ ތެރެއިން ރ. މީދޫ، ނަރުގިސް، ތޯހާ ހުސައިން ރައީސް މުއިއްޒާ ސުވާލުކުރީ ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންގެ ބޯހިހިޔާވަހިކަމާ ގުޅޭ ގޮތުންނާއި އެ ސިނާއަތުގެ މަސައްކަތްތެރިންގެ މަޝްވަރާ ސަރުކާރުން ހޯދުމުގެ ކަންތައްތަކުގަ އެވެ.ބޯހިޔާވަހިކަމާ ގުޅޭ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއޒު ވިދާޅުވީ، ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ގޯތި ނުވަތަ ފްލެޓް ލިބޭނީ މާލެ ސަރަހައްދުން އެކަނި ނޫން ކަމަށެވެ.ރައީސް މުއިއްޒު ވިދާޅުވީ އެންމެ އަވަހަށް ފެށޭ ހައުސިން ޕްރޮޖެކްޓްތަކުންވެސް އެކަން ހަމަޖެހިގެންދާނެ ކަމަށެވެ.