
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ސުއޫދަށް މަގާމުގެ ފަތްކޮޅު އެރުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. މަގާމުގެ ހުވާލައިދެއްވީ ސްޕްރީމް ކޯޓުގެ ފަަނޑިޔާރު އަލީ ރަޝީދު ހުސެއިނެވެ. އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ޔުނިވަސިޓީގައި ލޯ އިން ވަނީ މާސްޓާސް ހާސިލް ކުރައްވި ސުއޫދު، ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވީ މިދިޔަ ސަރުކާރުގަ އެވެ.މީގެ ކުރިން ވެސް ޖޭއެސްސީގެ މެމްބަރުކަން ކުރެއްވި ސުއޫދަކީ ފަނޑިޔާރުންގެ ޖަމިއްޔާގެ ވެސް ރައީސް އެވެ.