ވިޔަފާރި
ތިނަދޫގައި ބައިނަލްއަގުވާމީ ވައިގެ ބަނދަރެއް ތަރައްޤީކުރަން ހަވާލުކޮށްފި
ގދ. ތިނަދޫ ފަޅުގައި ބައިނަލްއަގްވާމީ ވައިގެ ބަނދަރެއް ހަދަން ބޮޑު މަޝްރޫއެއްގައި ސޮއިކޮށް އެއްބަސްވުމުގައި ރޭ ސޮއިކޮށްފި އެވެ.

ތިނަދޫގައި ބައިނަލްއަގުވާމީ ވައިގެ ބަނދަރެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޙައްމަދު މުޢިއްޒު މިހާރު ހުވަދުއަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ތިނަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.

ތިނަދޫގައި ބައިނަލްއަގުވާމީ ވައިގެ ބަނދަރެއް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ ޕޭން ޕެސިފިކް ތައިލެންޑް ކޮމްޕެނީއާއެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. 

މި މަޝްރޫއުގެެ ދަށުން ތިނަދޫގައި ނުވަތަ ސަރުކާރު ހަމަޖައްސާ ފަޅެއްގައި އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމާއި، ގދ. އަތޮޅުގައި ޓުރިޒަމް ސިނާއަތާއި އެހެނިހެން އިގްތިސޯދީ ކަންކަން އިންވެސްޓްކޮށް ތަރައްގީ ކުރުމާއި، ގދ. އަތޮޅުގައި މި އިންވެސްޓްގްމެންޓްތައް ހިންގުމަށް މަގުފަހިވާ ވަސީލަތްތައް ގާއިމް ކުރުން ހިމެނެއެވެ.

އެއަރޕޯޓްގެ ޓާމިނަލްއަކީ ފެނުގެ މަތީގައި ގާއިމް ކުރެވޭ އޯވާ ވޯޓާ ޓާމިނަލްއެކެވެ.

މިތަނުގައި ޕްރިމިއާ ފްލައިންގ ސްކޫލާއި، އެމްއާރްއޯ އަދި ކާގޯ ބްލިންގއަކާއި، ފިއުލް ފާމް، ސީޕްލޭން ޓާމިނަލްއާއެކު ސީޕްލޭން ހަބެއްގެ އިތުުރުން، އެއާ އެމްބިއުލާންސް ހިދުމަތާއި ލަގްޒަރީ ޔޮޓް މެރީނާ އަދި ފެރީ ޓާމިނަލް ހަބަކާއި، ޑިއުޓީ ފްރީ ބުޓީކްސް އާއި ޑިކޮމްޕްރެޝަން ޗެމްބާއެއްވެސް ގާއިމް ކުރާނެއެވެ.

މިނިސްޓަރު ޑރ. މުއްތަލިބު ވިދާޅުވީ، މި އަތޮޅަށް އިންޓަނޭޝަނަލް އެއާޕޯޓެއް މުހިންމު ވެގެން ދަނީ މިިއީ މާލެ އާއި ދުރުގައި އޮތް ތަަނަކަށް ވުމާއެކު ހަރަދުތައް ބޮޑުވާތީ ކަމަށެވެ. އަދި މިތަނަށް ފަތުރުވެރިން ގެނައުމަކީވެސް ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މި އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅިގެން ދިއުމަކީ މި އަތޮޅު ވަރަށް ބޮޑަށް ތަރައްގީވެގެން ދާނެ ކަމެއް ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫން،". އޭނާ ވިދާޅުވި އެވެ.

މި މަޝްރޫއުގެ މަސައްކަތް ނިމިގެންދާއިރު، ތިނަދޫ ފަޅުގައި އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭވަރަށް ރަންވޭއެއް އެޅިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު