ގދ. ތިނަދޫ އިސްލާމީ މަރުކަޒު އައިޔޫއެމްގެ ކެމްޕަސް އަކަށް
އަލީ ރާޒީ
17 ނޮވެމްބަރ 2023 - 23:12
0 comments
ގދ. ތިނަދޫ އިސްލާމީ މަރުކަޒު، އިސްލާމިކް ޔުނިވާސިޓީގެ ދަށަށް ބަދަލުކުރަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ނިންމަވައިފި އެވެ.އާ ސަރުކާރުގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ކަމަށް މިރޭ އައްޔަން ކުރެއްވި ޑރ. ޝަހީމް ވިދާޅުވީ، ވަނީ ތިނަދޫގައި ގާއިމްކޮށްފައިވާ އިސްލާމީ މަރުކަޒު އަންނަ އަންގާރަ ދުވަހު އައިޔޫއެމް ހަވާލު ކުރައްވާނެ ކަމަށެވެ. އޭގެ ސަބަބުން އިސްލާމީ އިލްމު އުނގެން ބޭނުންވާ ދަރިވަރުން އެ ސަރަހައްދުން މާލެ ނައިސް ކިޔެވޭނެ ގޮތް ފަހިވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
މިއީ މިއަދު އެކުލަވައިލި އާ ސަރުކާރުގެ އިސްލާމިކް މިނިސްޓަރުގެ މަގާމާ ހަވާލުވުމަށް ފަހު ޝަހީމްގެ އެންމެ ފުރަތަމަ ނިންމެވުމެވެ.
"އިސްލާމީ ހަޟާރަތާއި ސަގާފަތުގެ މަރުކަޒަކަށް ވެގެންދާނެ،" ޝަހީމް ވިދާޅުވި އެވެ.ތިނަދޫގައި އިސްލާމީ މަރުކަޒެއް ބިނާ ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އައިޔޫއެމް އަށް އެތަން ހަވާލު ކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާނެ އެވެ.