ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ލައިފްސްޓައިލް
ހިނިތުންވުން ރީތިކުރުމަށް އޮޕަރޭޝަން ކުރި ޒުވާނަކު މަރުވެއްޖެ
އަބޫ ފުރުޤާން ޢޖ
22 ފެބުރުއަރީ 2024 - 13:19
0
comments
Tweet
Telegram
އިންޑިއާގެ ހައިދަރުއާބާދުގައި ހިނިތުންވުން ރީތި ކުރުވުމަށް "ސްމައިލް އެންހަންސްމަންޓް" ސާޖަރީއެއްގެ ތެރޭގައި މީހަކު މަރުވެއްޖެ އެވެ.
އިންޑިއާގެ ޓީވީ ޗެނަލް އެންޑީޓީވީން ބުނި ގޮތުގައި ފުލުހުން ބުނީ އުމުރުން 28 އަހަރުގެ ލަކްޝްމީ ނަރަޔަނާ ވިންޖަން މަރުވީ ހުކުރު ދުވަހު ހައިދަރުއާބާދުގެ އެފްއެޗްއެސް އިންޓަނޭޝަނަލް ޑެންޓަލް ކްލިނިކްގެ ފޭސް މޭކްއޮވް އެންޑް ސްމައިލް ކްލިނިކްގައި ސާޖަރީއެއް ހަދަމުން ދަނިކޮށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ލަކްޝްމީ ނަރަޔަނާ ވިންޖަންގެ ބައްޕަ ވަނީ އޭނާގެ ދަރިފުޅު މަރުވީ އެނެސްތެޓިކް އޯވަޑޯޒް އެއްގެ ސަބަބުން ކަމަށް ބުނެފަ އެވެ.
ފުލުހުންގެ އެސްއެޗްއޯ ވެންކަޓެޝްވަރެޑީ އެންޑީޓީވީއަށް ވިދާޅުވީ ފެބްރުއަރީ 16 ވަނަ ދުވަހުގެ ހެނދުނު 2:30 ހާއިރު ލަކްޝްމީ ނަރަޔަނާ ހޮސްޕިޓަލަށް އައިސްފައިވާ ކަމަށާ
ގާތްގަނޑަކަށް ދެ ގަޑިއިރު ވަންދެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ޒުވާނާ މަރުވުމުން މިހާރު ވަނީ އެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާފައެވެ. މަރުވި ލަކްޝްމީ ނަރަޔަނާ ކައިވެނި ކުރަން ހަމަޖެހިފައި އޮތީ އަންނަ މަހު އެވެ.
ލަކްޝްމީ ނަރަޔާނާ މަރުވުމަށްފަހު އޭނާގެ އާއިލާއިން ވަނީ ކްލިނިކް މެނޭޖްމަންޓްގެ އިހުމާލުގެ މައްސަލަ ހުށަހަޅާފައެވެ.
އެފްއެޗްއެސް އިންޓަނޭޝަނަލްގެ ވެބްސައިޓުން ބުނާ ގޮތުގައި އެއީ އިންޑިއާގައި އެންމެ ގިނަ އެވޯޑް ލިބޭ ޑެންޓަލް ކްލިނިކެވެ. އިންޓަނޭޝަނަލް ޑެންޓަލް ކްލިނިކަށް 2017 ވަނަ އަހަރުން ފެށިގެން 55 އަށް ވުރެ ގިނަ އެވޯޑް ލިބިފައިވެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
12 ދުވަސް ކުރިން
0
ހަލީލް އާއި ޖައިންޝަންކަރު ބައްދަލު ކުރައްވައިފި
13 ދުވަސް ކުރިން
0
ރައިސިނާ ޑައިލޮގުގައި ބައިވެރިވާން މިނިސްޓަރު ހަލީލު އިންޑިއާއަށް
1 މަސް ކުރިން
0
އާ ސަފީރު އިންޑިއާގެ ރައީސަށް ފަތްކޮޅު އަރުވައިފި
2 މަސް ކުރިން
0
ރައްޔިތުންގެ މަޖިލިސް ޑިޖިޓަލައިޒްކުރުމަށް އިންޑިއާއިން އެހީތެރިވަނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
100%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ގދ. އަތޮޅުގައި އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ފަށައިފި
12 ގަޑިއިރު ކުރިން
0
ބީއެމްއެލް އިސްލާމިކް އިން 10 ރަށެއްގައި އީދު ސައި
18 ގަޑިއިރު ކުރިން
0
ޒަކާތުގެ ގޮތުގައި މީގެ ކުރިން ނުލިބޭ މިންވަރަށް ފައިސާ ލިބިފައިވާ ކަމަށް މިިނިސްޓްރީން ބުނެފި
20 ގަޑިއިރު ކުރިން
0
އީދު ނަމާދަށް އިމާމު ނައުމުން ފިޔަވަޅު އަޅައިފި
20 ގަޑިއިރު ކުރިން
0