ޚަބަރު
ރާއްޖޭގެ ރަށްރަށުގެ ހުރިހާ މަޝްރޫއުތަކެއް މިސަރުކާރުން ހުއްޓުމަކަށް ގެނެއްސި: ސޯލިހު
ކުރީގެ ރައީސް ސޯލިހު

ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ކުރިއަށް ގެންދާން ފަށާފައިވާ ހުރިހާ މަޝްރޫއުތަކެއް ހުއްޓާލައިފައިވާކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މިދާޅުވެއްޖެ އެވެ.

އެމްޑީޕީ އިން ށ.އަތޮޅަށް ކުރާ ކެމްޕޭނު ދަތުރުގައި ށ.މާއުނގޫދޫ ކެމްޕޭނު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމަނކުފާނުގެ ސަރުކާރުން ށ. މާއުނގޫދޫ އާއި ށ.އަތޮޅުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް. އެގޮތުން އެރަށު ރައްޔިރުން އެދުނު ގޮތަށް ބަނދަރު ބޮޑުކޮށް މަލްޓި ޕާރޕަސް ހޯލު އަދި ގޮނޑުދޮއް ހިމާޔަތްކުރުން އަދި ފެނާ ނަރުދަމާގެ މަޝްރޫއުގެ މަސައްކަތް ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ. ރައީސް ސޯލިހު ފާހަގަކުރެއްވިގޮތުގައި އެމަނިކުފާނުގެ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފައްޓަވާ ހިނގަމުންދިޔަ ހުރިހާ މަޝްރޫޢެއްހެން ޑރ. މުއިއްޒުގެ ސަރުކާރުން ހުއްޓުމަކަށް ގެނެއްސި އެވެ.

ރިޔާސީ އިންތިހާބު ތެރޭގައި ރައީސް ޑރ. މުއިއްޒު ވައުދުވީ ފަށާފައިވާ އެއްވެސް މަޝްރޫޢެއް ހުއްޓާނުލާނެކަމަށް އަދި އެގްރީމަންޓެއް ކޮށްފައިވާނަމަ އެއެގްރީމަންޓަކަށް އެމަނިކުފާނުގެ ވެރިކަމެއްގައި ކަމޭހިތާނެކަމަށް ވިދާޅުވެ ދިމާ އިދިކޮޅަށް ރައީސް މުއިއްޒު އަމަލުކުރައްވަމުންދާކަން ރައީސް ޞާލިހު ފާހަގަކުރެއްވި އެވެ. އަދި އަނެއްކާވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްވެސް އެދޮގު ތަކުރާރުކުރައްވަމުންދާކަމަށް ވިދާޅުވި އެވެ.

އަދިދައުލަތުގެ ބަޖެޓަށް ދަތިވަނީ ހަމައެކަނި ރަށްރަށުގެ މަޝްރޫއުތައް ހިންގަންވީމަކަމަށާއި އެހެންނަމަވެސް ސިޔާސީ ވަޒީފާ ރެކޯޑު އަދަދަކަށް މިސަރުކާރުން އިތުރުކުރަމުންދާކަންވެސް ސޯލިހު ފާހަގަކުރެއްވި އެވެ.

ށ.އަތޮޅަށް އެމްޑީޕީއިން ކުރަމުން ގެންދާ ކެމްޕޭނު ދަތުރުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ ބައެއް ކައުންސިލުތަކާއި ބައްދަލުކުރައްވާ މަޝްރޫއުތައް ހުއްޓުމަކަށް ގެނެސްއޮތީ ކީއްވެތޯ ކައުންސިލްތަކުން ސުވާލު ކުރުމުން ރައީސް މުއިއްޒު ބަޖެޓުގެ ދަތިކަން ހުރިކަމަށް ވިދާޅުވާކަމަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ރެކޯޑު އަދަދަކަށް ސިޔާސީ ވަޒީފާ އިތުރު ކުރައްވާ އެ އަދަދު މީން ޒަމާނެއްގައިވެސް ދުވަހަކުވެސް އިތުރުނުވާކަމަށާއި މިހާރު އެ އަދަދު 1500 އަށް އަރާ ކަމަށް ފާހަގަކުރެއްވި އެވެ.

މިސަރުކާރަށް 100 ދުވަސްވެ މިހިސާބަށް އައި އިރު ޑރ. މުއިއްޒު ހަމައެކަނި އިފްތިތާހުކޮއްދެއްވީ ރަސްމާލެ ބިންހިއްކުމުގެ މަޝްރޫއުއެކަނި. އެހެންނަމަވެސް އެމަޝްރޫއުވެސްވަނީ މިހާރު ހުއްޓިފަ. އަދި ރައީސް މުއިއްޒު ކެމްޕޭނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ ރާއްޖެ ތަރައްޤީކުރެވޭނީ އެއްފަސްކޮށްގެން ކަމަށް ވިދާޅުވެފަ އެވެ. ރަށްރަށުގެ ޕްރޮޖެކްޓުތައް ހުއްޓި ބަޖެޓުން މިޕްރޮޖެކްޓުތައް ހުއްޓާލުމުގެ އަސްލަކީ މިއީކަމަށްވުމަކީ އެކަށީގެންވާކަމެކެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު