ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ސަރުކާރު އައިއިރު މަޝްރޫއުތައް ހުރީ ހުއްޓިފައި: ރައީސް
އައިމިނަތު ޝިޔާޒާ
06 އޭޕްރީލް 2024 - 13:48
0
comments
Tweet
Telegram
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފަށާފައިވާ ގިނަ މަޝްރޫއުތައް މި ސަރުކާރުން ހުއްޓުވާފައިވާ ކަމަށް އެމްޑީޕީން ދައްކަމުންދާ ވަހަކަތައް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދޮގު ކުރައްވައިފި އެވެ.
"ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ސަރުކާރާ ގުޅިގެން އިދިކޮޅުން ފަތުރާ ދޮގުތަކުގެ ތެރެއިން އެންމެ ބޮޑު ދޮގަކީ ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ސަރުކާރުން ހުއްޓުވާފައިވާ ކަމަށް ދައްކާ ވާހަކަތައް ކަމަށެވެ.
"މަދު މަޝްރޫއެއް ނޫނިއްޔާ ގިނަ މަޝްރޫއުތައް ހުރީ އެކި ސަބަބުތަކާއި ހެދި ހުއްޓިފައި. އަޅުގަނޑަށް ފެނުނު ރަށްރަށުގައި ފެނާއި ނަރުދަމާގެ މަސްރޫއުގެ ހޮޅިތައް މަގުމަތީގައި، މަސައްކަތް ކުރާނެ މީހަކު ނެތް. މަގުހަދަން ފަށާފައި މީހެއްގެ ހިލަމެއް ނެތް. ބަނދަރުތަކުގެ މައްސަލަ ސްކޫލްތަކުގެ އިމާރާތްތައް ފަށާފައި އޮނިގަނޑުން ކޮންމެވެސް ވަރެއް ނިންމާލާފައި އަހާލީމަ މީގެ 2 އަހަރު ކުރިން ހުއްޓިފައި ކަމަށް." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެއިރު ކަންކުރި ގޮތަކީ ތިން ހަތަރު ފަހަރު މިގޮތައް ހުއްޓިފައި ހުރި މަޝްރޫއުތައް އެކި ފަރާތްތަކަށް ހަވާލުކުރުންކަމަށެވެ. އަދި އެތައް ބަޔަކަށް ފައިސާ ނުދީ ހުރިކަމަށާއި، އޭގެ ސަބަބުން ކުންފުނިތަކަށް މަސައްކަތް ކުރިއަށްގެންދިއުމަށް ދަތިތަކާއި ކުރިމަތިވެފައިވާކަމަށެވެ. އެގޮތައް ހުއްޓިފައި ހުރި މަޝްރޫއުތައް އަލުން ފަށައިގަތީ މި ސަރުކާރުން ވެރިކަމަށް އައުމަށްފަހުގައިކަމަށް ރައީސް ވިދާޅުވިއެވެ. ހުއްޓިފައިވާ ވަރަށް ގިނަ މަޝްރޫއުތައް މިހާރު ފެށިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ، މަޝްރޫތައް ފެށުނީ މި ސަރުކާރުން ވެރިކަމަށް އައުމުން ކަމަށެވެ. ނަމަވެސް، އިދިކޮޅުން ބުނަމުންދަނީ މި ސަރުކާރުން އައިސް އެ ފަރާތްތަކުން ފަށާފައިވާ މަޝްރޫތައް ހުއްޓުވާލި ވާހަކަ ކަމަށެވެ. އެއީ ދޮގު ކަމަށާއި އެކަމަށް ރައްޔިތުން ސަމާލުވާންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ޕީޕީއެމް/ޕިއެންސީއަކީ ތަރައްގީގެ މީހުން ކަމަށާއި އެ ޕާޓީގެ ފިކުރު ހުރީ ރާއްޖެ ތަރައްގީކުރުމަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ނަތީޖާ ގެނެސްދެއްވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ހުރިހާ ސަމާލުކަމެއް ހުރީ ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމަށް ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ވެރިކަމާ ހަވާލުވަވަޑައިގަތީ ރައްޔިތުންނަށް ތަރައްގީ ގެނެސްދީ ނަތީޖާ ނެރެދޭންކަމަށެވެ. ހުރިހައި ސަމާލުކަމެއް އޮތީ ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމަށްކަމަށާއި އެހެންކަމުން އަދުގެ ސަރުކާރުން މަޝްރޫއުތައް ހުއްޓާލާކަމަށް ބުނުމަކީ މި ސަރުކާރުގެ ސިޔާސަތާއި ވިސްނުމާއި ފިކުރާއި ދިމާ އިދިކޮޅަށް ދައްކާ ވާހަކައެއްކަމަށް ރައީސް ވިދާޅުވި އެވެ.
ސަރުކާރު ބަދަލުވިއިރު އެކި ސަބަބުތަކާހުރެ ހުއްޓިފައިހުރި މަޝްރޫޢުތައް ހިމެނޭހެން 527 މަޝްރޫޢެއްގެ އަމަލީ މަސައްކަތް މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާކަމަށް ވިދާޅުވެ، އެމަޝްރޫއުތަކުގެ ތަފާސްހިސާބު ދާދިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހާމަކުރައްވާފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
24 ގަޑިއިރު ކުރިން
0
ދިވެހި މަސައްކަތްތެރީންނަށް އޮތީ އުޖާލާ ކުރިމަގެއް: ރައީސް
1 ދުވަސް ކުރިން
0
ރައީސްގެ ދެކަނބަލުން ނުރަސްމީ ދަތުރެއްގައި ސިންގަޕޫރަށް
2 ދުވަސް ކުރިން
0
ފިނޭންސްގެ އެޑްވައިޒަރަކަށް ހުންނެވި ނަސީރު ފޮރިން މިނިސްޓްރީ އަށް ބަދަލުކޮށްފި
2 ދުވަސް ކުރިން
0
ފަހުމީ އަށް އަލުން މަގާމެއް ދީފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މިފްކޯގެ ސީއީއޯ އެ ކުންފުނީގެ މުވައްޒަފުންނަށް މޭޑޭގެ ތަހުނިޔާ ފޮނުއްވައިފި
10 ގަޑިއިރު ކުރިން
0
އެމްޓީސީސީއަށް ފުރަތަމަ ކުއާޓަަރުގައި 664 މިލިއަން ރުފިޔާގެ އާމްދަނީއެއް
10 ގަޑިއިރު ކުރިން
0
14 އަހަރުގެ ކުއްޖަކު ލޯންޗެއް ވަގަށް ނަގައިގެން އެކަނި މާލެއަށް!
11 ގަޑިއިރު ކުރިން
0
ކުޑަގިރި މިހާރަށް ވުރެ ފުރިހަމަ އަށް ތަރައްގީ ކުރަނީ
11 ގަޑިއިރު ކުރިން
0