ޚަބަރު
ހުޅުމާލޭގައި އިމާރާތްކުރާ އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އާ އިމާރާތުގެ ބިންގާ އަޅައިފި
ހުޅުމާލޭގައި އިމާރާތްކުރާ އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އާ އިމާރާތުގެ ބިންގާ އަޅައިފި އެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެތަނުގެ ބިންގާ އަޅުއްވައިދެއްވީ ނައިބު ރައީސް ހުސެން މުހައްމަދު ލަތީފުގެ އިތުރުން ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބާއި އޮޑިޓާ ޖެނެރަލް ހުސެން ނިޔާޒީ އަދި އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.

ތަފްސީލް - ދެ އަހަރުގެ ތެރޭ ނިންމާ ގޮތަށް އެ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.

ހަ ފަންގިފިލާއަށް އަޅާ އިމާރާތުގައި މުވައްޒަފުން މަސައްކަތްކުރަން އެކަށީގެންވާ މާހައުލެއް ހޯދައިދޭން ބޭނުންވާ ޖާގަ ހިމެނޭނެ އެވެ. އަދި ޑޭކެއާ ސެންޓަރެއް ވެސް ހުންނާނެ އެވެ.

މީގެ އިތުރުން ލައިބްރަރީއާ އަދި ތަމްރީނުތަކާއި އިވެންޓުތައް ބޭއްވުމަށް ޖާގަ ތަނަވަސް ކޮންފަރެންސް ހޯލެއްވެސް މިއިމާރާތުގައި ހިމެނެއެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުގެ ބޭނުމަށް ތަރައްގީކުރެވޭ މި އިމާރާތަކީ، 17،426.40 އަކަފޫޓުގެ ސަރަހައްދެއްގައި ޖުމުލަ 77،718.10 އަކަފޫޓުގެ ޖާގަ ލިބޭގޮތަށް ތަރައްގީކުރެވޭ އިމާރާތެކެވެ. މި އިމާރާތުގެ އުސްމިނުގައި 23.1 މީޓަރު ހުންނާނެއެވެ. 138.67 މިލިއަން ރުފިޔާގެ މި މަޝްރޫއު 730 ދުވަހުގެ ތެރޭގައި ނިންމުމަށް 2022 ވަނަ އަހަރުގެ އޮގަސްޓްގައި މަހު އެމްޓީސީސީން ވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު