ޚަބަރު
ހުޅުމާލޭގައި ސްމާޓް ޕާކިން ޒޯނުން ޖާގަދޫކުރަން ފަށައިފި
ހުޅުމާލޭގައި އެއްގަމު އުޅަނދު ޕާކު ކުރުމަށް ހަދާފައިވާ ފިތުރޯނު ސްމާޓު ޕާކިން ސިސްޓަމްއިން ބީލަމަށް ޕާކިން ޖާގަ ދޫކުރަން ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން ނިންމައިފި އެވެ.

އެޗްޑީސީން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ފިތުރޯނު ޕާކިން ޒޯން އިން ތިން އަހަރުގެ މުއްދަތައް ޕާކިން ޖާގަ ކުއްޔަދިނުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ. އެއީ 41 ޖާގައެވެ.

ބީލަން ފޯމާއި ގުޅޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ވެބްސައިޓު މެދުވެރިކޮށް ލިބެން ހުންނާނެކަމަށްވެސް އެ އިއުލާންގައި ވަނީ ބުނެފައި އެވެ.

އަދި އެ ކޯޕަރޭޝަންގެ ނަމްބަރު 1516 އަށް ގުޅުމުން އިތުރު މައުލޫމާު ލިބޭނެ ކަމަށް ބުންޏެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު