
މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމެއްކޮށްފައި ވަނިކޮށް، ޖުމްލަ އަދަދު 89 އިން ގުނާގޮތަށް ފާސްވީ، މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބެއިވެރިވެވަޑައިގެންނެވި 25 މެބްންބަރުންގެ ތެރެއިން 23 މެންބަރުންގެ ތާއީދާ އެކު އެވެ. ދެކޮޅަށް ވޯޓު ދެއްވީ، ދެ މެންބަރުންނެވެ.އެއާ އެކު ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް އިއުލާން ކުރެއްވީ، ޖުމްލަ އަދަދު ގުނާނީ 80އިން ކަމަށެވެ."މިގޮތަށް ފާސްވުމާއި ގުޅިގެން ދެން މަޖިލީހުގެ ޖަލްސާތަކުގައި ވޯޓު ނެގުމުގައި މަޖިލީހުގެ ޖުމްލަ ޢަދަދުކަމުގައި މަޖިލީހުގެ ރިޔާސަތުން ބަލަމުންދާނީ 80 މެންބަރުންކަމުގައި ދަންނަވަން." މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވި އެވެ.