ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ދުނިޔެ
އިންޑިއާއިން އިޒްރޭލަށް ޑުރޯންތަކެއް ދީފި
ހަސަން ހަލީމް
15 މާޗް 2024 - 21:22
0
comments
Tweet
Telegram
އިންޑިއާއިން އިސްރާއީލުގެ ސިފައިންނަށް ހަރްމީސް 900 މަރުކާގެ ޑްރޯން ފޯރުކޮށްދީފި އެވެ.
އެއީ އިންޑިއާގެ އެންމެ ބޮޑު ވިޔަފާރި ކޮންގްލޯމެރޭޓް އަދާނީ ގްރޫޕާއި އިސްރާއީލުގެ ޑިފެންސް އިލެކްޓްރޯނިކްސް ކޮމްޕެނީ ގުޅިގެން އުފައްދާފައިވާ ހައިދަރުއާބާދުގައި ހުންނަ އަދާނީ އެލްބަތު މެދުވެރިކޮށެވެ.
ދެކުނު އިންޑިއާގައި ހުންނަ މި ތަނަކީ އިސްރާއީލުން ބޭރުގައި ހަރްމީސް 900 އުފައްދާ ފުރަތަމަ ތަނެވެ. މި ޑްރޯން އަކީ އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ވަރަށް ގިނައިން ބޭނުންކުރާ ޑްރޯނެކެވެ. މިދިޔަމަހު އިންޑިއާއިން އިޒްރޭލަށް ދިނީ 20 ޑުރޯނެވެ.
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 31،000 މީހުން މަރުވެފައިވާއިރު، ގާތްގަނޑަކަށް 1.7 މިލިއަން މީހުން ގެދޮރު ގެއްލިފައިވާ ކަމަށް ލަފާކުރެވެއެވެ.
އިންޑިއާއިން އިޒްރޭލަށް ޑުރޯން ސަޕްލައި ކުރާތީ ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކުރަމުން ދާކަން ފާހަގަ ކުރެވެއެވެ. ހިއުމަންރައިޓްސް ފޯރަމްގައިވެސް މިކަން ވަނީ ކުށްވެރިކޮށްފައެވެ.
"ގާޒާގައި ހިނގަމުންދާ ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އެހީތެރިވުމަށް ޒަމާނީ ޑްރޯންތައް ފޮނުވުން ހިމެނޭ ގޮތަށް އިސްރާއީލާ އެކު އަދާނީ ދާދިފަހުން ވެފައިވާ އެއްބަސްވުންތައް ހިއުމަން ރައިޓްސް ފޯރަމް (އެޗްއާރުއެފް) އިން ވަރަށް ބޮޑަށް ކުށްވެރިކުރޭ،" ހިއުމަން ރައިޓްސް ފޯރަމްގެ ބަޔާނުގައިވެ އެވެ.
"އަޅުގަނޑުމެން ޑިމާންޑް ކުރަނީ އިންޑިއާ ސަރުކާރުން އިސްރާއީލާ އެކު ވެފައިވާ މިފަދަ ހުރިހާ އެއްބަސްވުންތައް ވަގުތުން ބާތިލް ކުރުމަށް."
އިންޑިއާއަކީ އިސްރާއީލާ އެކު ވަރުގަދަ ޑިފެންސް ގުޅުމެއް އޮންނަ ގައުމެކެވެ. އަދި އިސްރާއީލުގެ އަސްކަރީ ސާމާނު އެންމެ ބޮޑަށް ގަންނަ އެއް ގައުމަކީ އިންޑިއާ އެވެ. އަންދާޒާ ކުރެވޭ ގޮތުގައި މިދިޔަ ދިހަ އަހަރު ތެރޭގައި އިސްރާއީލުން ގާތްގަނޑަކަށް ދެ ބިލިއަން ޑޮލަރުގެ ހަތިޔާރު ގަނެފައިވެ އެވެ.
އެޗްއާރުއެފް އިން ބުނީ ފަލަސްތީނަކީ 'ހަނގުރާމައިގެ ޓެކްނޮލޮޖީތަކުގެ ލެބޯޓްރީއެއް' ކަމަށެވެ. އަދި އިސްރާއީލުން ދަނީ މި "ކާމިޔާބު ނަސްލު ނައްތާލުމުގެ" މަސައްކަތް ދުނިޔެއަށް ޕްރޮމޯޓް ކުރަމުންނެވެ.
އޮކްޓޫބަރު 7ން ފެށިގެން ގާޒާގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު މިހާރު ވަނީ 31,341އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭ ކަމުގައި އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ދާދިފަހުން ވިދާޅުވެފައިވެއެވެ. އަދި, ޒަހަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 73,134އަށް އުފުލިފައެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
16 ގަޑިއިރު ކުރިން
0
ފޮރިން މިނިސްޓަރު ޒަމީރު އިންޑިއާއަށް ފުރާވަޑައިގެންފި
2 ދުވަސް ކުރިން
0
ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރު ޒަމީރު މާދާމާ އިންޑިއާއަށް
2 ދުވަސް ކުރިން
0
އިންޑިއާ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިއްމު ހިއްސާއެއް: ފައިސަލް
2 ދުވަސް ކުރިން
0
އިޒްރޭލުން ރަފަހްއަށް ހަމަލާދިނުން ކުށްވެރިކޮށް، ކުއްލި މައްސަލައެއް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ދެ ކުއްޖެއްގެ ބޯންމެރޯ ކާމިޔާބު: މިނިސްޓަރު
13 މިނެޓް ކުރިން
0
އެސްޓީއޯ ސްމާޓް ސްޓޯރުން މިހާރު 24 ގަޑިއިރު ވިޔަފާރި ކުރެވޭނެ
12 ގަޑިއިރު ކުރިން
0
ގާފަރު ފަޅުން 16 ރަށް ހިއްކަން ހަވާލުކޮށްފި
13 ގަޑިއިރު ކުރިން
0
ތެލަސީމިއާ ހުރި ކޮންމެ ކުއްޖަކާމެދު ހިތްތަކުގައި ވަނީ ލޯތްބާ އޯގާތެރިކަން: ރައީސް
13 ގަޑިއިރު ކުރިން
0