ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ބުޅާ ފެސިލިޓީގެ އަމަލީ މަސައްކަތް ފަށައިފި
މަރިޔަމް އަނާ
19 މާޗް 2024 - 13:09
0
comments
Tweet
Telegram
މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހުޅުމާލޭގައި ހަދާ ފެސިލިޓީގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
ޕެޓް ކެއަރ ޝެލްޓާ ނުވަތަ ކެޓް ޝެލްޓާގެ އަމަލީ މަސައްކަތް ހުޅުމާލޭގެ ފަރުކޮޅުފުށީގައި އޮތް ރަސްމިއްޔާތެއްގައި، ފައްޓަވައިދެއްވީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމާއި މިނިސްޓްރީ އޮފް އެގްރިިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ސްޓޭޓް މިނިސްޓަރ މަރިޔަމް ވިޝާމް އަހުމަދެވެ.
ބުޅާ ފެސިލިޓީ ހަދަނީ ހުޅުމާލެ ފަރުކޮޅުފުށި ސަރަހައްދުގަ އެވެ. މި ފެސިލިޓީ ހެދުމަށް އެޗްޑީސީން ވަނީ ސިޓީ ކައުންސިލަށް ހުޅުމާލެ ދެވަނަ ފިޔަވަހިން 5،000 އަކަފޫޓުގެ ބިމެއް ދީފަ އެވެ.
ސިޓީ ކައުންސިލުން ބުނި ގޮތުގައި، މި ފެސިލިޓީގެ މަސައްކަތް އެއްކޮށް ނިމޭއިރު އެކި ވައްތަރުގެ ޕެޓް ކެއާ ޕެސިލިޓީއެއް ވެސް އެތަނުގައި ހަދާނެ އެވެ.
މަގުމަތީގައި އުޅޭ ބުޅާތަކުގެ ސަބަބުން މާލެ, ހުޅުމާލެ, ވިލިމާލެ ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވެފައިވާކަން ފާހަގަކުރައްވައި މޭޔަރު ވިދާޅުވީ މުޖުތަމައެއް އުފެދި ކުރިއަށްދާއިރުގައި ލޯތްބާއި އޯގާތެރިކަން އުފައްދަންޖެހޭ ކަމަށާއި, ޖަނަވާރުދެކެ ލޯބިވުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ.
"އަޅުގަނޑަށް ވެސް އެބަފެނޭ ބުޅާތައް އުޅޭ ހާލު. އެހެންވީމަ ބުޅަލަށް ވެސް އަދި ދޫންޏެއް ވެސް އެއްވެސް އެއްޗަކީ އެއަށް އޯގާތެރިކަން ނުލިބޭ މުޖުތަމައުއެއް ތެރޭ އުޅެންޖެހޭ އެއްޗެއް ކަމަށް ނުދެކެން," އާޒިމް ވިދާޅުވި އެވެ.
މާލޭ މަގުމަތީގައި އުޅޭ ބުޅާތައް ގިނަވެ، އާއްމުންނަށް ގިނަ އުނދަގޫތަކެއް ވަމުން ދާތީ ބުޅާ ގެންގުޅެން ފެސިލިޓީއެއް ހެދުމުގެ ވާހަކަ އެންމެ ފުރަތަމަ ދެއްކީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އޭރު މާލޭގެ މޭޔަރަކަށް ހުންނެވި މިހާރުގެ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސަތުގައި ކައުންސިލުން އެންމެ ފުރަތަމަ ނިންމީ ބުޅާ ޝެލްޓާ ހުޅުމާލޭގައި ހެދުމަށެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
13 ދުވަސް ކުރިން
0
ބާވެފައި ހުރި މުސްހަފުތައް މާލެ ސިޓީ ކައުންސިލުން ބަލައިގަންނަނީ
21 ދުވަސް ކުރިން
0
މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދާ އީދު ހަރަކާތްތައް
21 ދުވަސް ކުރިން
0
އީދު ދުވަހު ހަވީރު ވެހިކަލް ދުއްވުން މަނާ
26 ދުވަސް ކުރިން
0
އެމްޑީޕީގެ ސަރުކާރަށް މާލެ އަށް ކޮށްދެވުނު ކަމެއް ނެތް: ރައީސް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ދުނިޔޭގެ އެންމެ ބޮޑު އެއާޕޯޓު ޓާމިނަލް ދުބާއީގައި ތަރައްގީކުރަނީ
54 މިނެޓް ކުރިން
0
ކޮމިޝަނަރ އެދިވަޑައިގަތީ ފުލުހުންގެ ހިދުމަތުގައި އަންހެނުންގެ ދައުރު މިހާރަށްވުރެ ބޮޑުކުރުމަށް
1 ގަޑިއިރު ކުރިން
0
އަހާ ގެ އާ ފޯރަމް މިރޭ އޮންނާނެ
2 ގަޑިއިރު ކުރިން
0
މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
2 ގަޑިއިރު ކުރިން
0