ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ޣައްސާން 241 ކޮމިޓީއަށް ހާޒިރުކުރަނީ
މަރިޔަމް އަނާ
26 މާޗް 2024 - 15:28
0
comments
Tweet
Telegram
ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ -- 241 ކޮމެޓީއަށް ހާޒިރު ކުރަން އެ ކޮމެޓީން ނިންމައިފި އެވެ.
މިއަދު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި މެންބަރު ހަސަން ލަތީފް ވަނީ، މޭ 6 ބޮމުގެ ހަމަލާގައި އިތުރު މައުލުމާތު ހިއްސާކުރަން ހުރިކަން މިނިސްޓަރު ޣައްސާން ފާހަގަކުރައްވާފައިވާތީ އެ މައުލޫމާތު ހޯދުމަށް އަދި ޑްރޯން ގަތުމުގެ މުއާމަލާތާ ގުޅޭ މައުލޫމާތު ސާފުކުރުމަށް މިނިސްޓަރު ޣައްސާން ހާޒިރު ކުރުމަށް އެދިވަދައިގެންފައެވެ.
އެހެންކަމުން 241 ކޮމިޓީން މިއަދު ފާސްކޮށްފައިވަނީ މިނިސްޓަރު ޣައްސާން އެ ކޮމިޓީއަށް ހާޒިރުކުރުމަށެވެ. ކޮމެޓީން ފާސް ކުރީ ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ޣައްސާން އެ ކޮމެޓީއަށް ހާޒިރުކޮށް މައުލޫމާތު ހޯދުމަށެވެ.
ޣައްސާން، ކޮމެޓީއަށް ހާޒިރު ކުުރުމަށް ހުށައެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. ހަސަން އެެގޮތަށް ހުށައެޅުއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅޭ އިތުރު މައުލޫމާތު ލިބިފައިވާ ކަމަށް މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވިދާޅުވުމާއި ގުޅިގެން އެ މައުލޫމާތު ސާފު ކުރެއްވުމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަމިއްލައަށް ބެލެހެއްޓުމަށް ދިވެހި އަސްކަރިއްޔާއަށް ސަރުކާރުން ހޯދައިދިން އެންމެ ޒަމާނީ ޑްރޯންތައް ގަތް އަގު ސާފު ކުރުން ވެސް ޣައްސާން ހާޒިރު ކުރަން ހުށައަޅާ ސަބަބުތަކުގެ ތެރޭގައި ހަސަން ހިމެނުއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މައުލޫމާތު 241 ކޮމެޓީގެ ސިއްރު ބައްދަލްވުމެއް ގައި ހާމަ ކުރައްވާނެ ކަމަށް މިނިސްޓަރު ޣައްސާން ވަނީ ވިދާޅުވެފައެވެ. އެ މައުލޫމާތު ހޯދަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
5 ދުވަސް ކުރިން
0
މައިނޯރިޓީއަށް އިހުތިރާމްކުރާނަން: ސަލީމް
5 ދުވަސް ކުރިން
0
އާ މަޖިލިސް ހުވާ ކުރުން މޭ 28 ގައި
6 ދުވަސް ކުރިން
1
ޕީއެންސީގެ ކާމިޔާބީ އަށް ނަޝީދުގެ މަރުހަބާ
10 ދުވަސް ކުރިން
0
ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް ރިޓަޔާ ކުރައްވައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މަޖިލިސް ރައީސް ކަނޑައަޅާނީ ޕާޓީ ލެވަލްގައި މަޝްވަރާކުރުމަށްފަހު: ހީނާ
3 ގަޑިއިރު ކުރިން
0
ރައީސް އޮފީހުން ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ވެއްދުން މަނާކޮށްފި
4 ގަޑިއިރު ކުރިން
0
ޔާމީނުގެ ރިޔާސަތުގައި ޕީއެންއެފްގެ ފުރަތަމަ ސެނެޓް ބާއްވައިފި
5 ގަޑިއިރު ކުރިން
0
ރަސްމީ ދަތުރުފުޅެއްގައި ވަޒީރު މޫސާ ޒަމީރް ސައުދީގައި
6 ގަޑިއިރު ކުރިން
0