ދުނިޔެ
ފަލަސްތީނަށް އެހީތެރިވުމަށް ތުރުކިޔޭގެ 21 ވަނަ ބޯޓު ބަނދަރުކޮށްފި
ފަލަސްތީނަށް އެހީތެރިވުމަށް ތުރުކިޔޭގެ 21 ވަނަ ބޯޓު ބަނދަރުކޮށްފި އެވެ.

އިންސާމީ އެހީތެރިކަމުގެ މި ބޯޓަށް އަލް އަރިޝް ބަނދަރުގައި މަރުހަބާ ކިޔާފައިވަނީ ޑިޒާސްޓާ އެންޑް އިމަޖެންސީ މެނޭޖްމަންޓް އޮތޯރިޓީ (އޭއެފްއޭޑީ) އަފާޑް ގެ ރައީސް އޯކޭ މެމިސް އެވެ.

ތުރުކީއިން ފޮނުވާ އިންސާނީ އެހީ ބޯޓުގެ ތަކެތި ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދޭނީ ރަފާ ބޯޑަރު ހުރަސްކޮށް އެހީދޭ ޓްރަކްތަކެއް މެދުވެރިކޮށެވެ.

މިހާތަނަށް ތުރުކީއިން ވަނީ ގާޒާއަށް ގެންދިއުމަށް 13 ކާގޯ ބޯޓާއި އިންސާނީ އެހީގެ ތަކެތި އުފުލާ 8 ބޯޓު ފޮނުވާފަ އެވެ.

ފާހަގަކޮށްލެވޭ އަނެއް ކަމަކީ ސްޕެއިް އަދި އެމެރިކާގެ އިސްނެގުމުގެ މަތިން އިއްޔެ ސައިޕްރަސްއިންވެސް ވަނީ އެގައުމުގެ 2 ވަނަ އިންސާނީ އެހީ ފޯރުކޮށްދޭ ބޯޓު ނައްޓާލާފައެވެ. އޭގައި 400 ޓަނަށްވުރެ ގިނަ މުދާ ހުރިއިރު އޭގެތެރޭގައި ހިމެނެނީ ޕާސްތާ އާއި ހަނޑޫ އަދި ޕްރޮޓީންބާ ފަދަ ކާއެއްޗިއްސެވެ. 

ހަމަލާތަކުގެ ސަބަބުން އިންސާނީ އެހީތެރިކަމަށް ބޭނުންޖެހިފައިވާ ގާޒާގެ 2.3 މިލިއަން މީހުންނަށް އެހީ ފޯރުކޮށްދިނުން ވެސް އިސްރާއީލުން އޮތީ ހުއްޓުވައިފަ އެވެ. ޔަހޫދީންގެ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 32,705އަށް އުފުލިފަ އެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން 25,000އަކީ އަންހެނުންނާއި މައުސޫމު ކުޑަކުދިން ކަމުގައި އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ދާދި ފަހުން ވިދާޅުވެފައިވެ އެވެ. އަދި, މި އުދުވާނުގައި ޒަހަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 75,190އަށް އުފުލިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު