
އްޖޭގެ ރަށްރަށާއި ފަޅު ހިއްކުމާއި ފުން ކުރުމުގެ ގަވާއިދު ކުރިން އޮންނަ ގޮތުން ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކާއި ތިމާވެށީގެ ގޮތުން ނާޒުކު ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކާ 200 މީޓަރު ކައިރިން ބިން ހިއްކުމާއި ވެލި ނެގުމަކީ މަނާ ކަމެކެވެ.ނަމަވެސް އެ ގަވާއިދަށް އިއްޔެ ގެނައި އިސްލާހުގައިވާ ގޮތުން، ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ މަޝްރޫއުތަކުގައި ވަކި އުސޫލެއްގެ މަތިން އެފަދަ ތަންތަނުން ވެސް ބިން ހިއްކުމުގެ ހުއްދަ ނުވަތަ ވެލި ނެގުމުގެ ހުއްދަ ދެވިދާނެ އެވެ.އެ އިސްލާހުގައިވާ ގޮތުން، އެކަމަށް ހުއްދަ ދޭއިރު އެ ތަނުގައި ހުރި ދިރުންތަކާ ބެހޭ ތަފްސީލީ ދިރާސާއެއް ހެދުމާއި އެތަނުގައި ހުރި ދިރުންތައް އެހެން ސަރަހައްދަކަށް ބަދަލުކޮށް، ގެންގުޅޭނެ ގޮތުގެ ޕްލޭނެއް އޮތުމާއި ވެލި ނެގުމުގެ ސަބަބުން ތިމާވެށްޓަށް ކުރާނެ އަސަރު ދެނެގަނެ، ފިޔަވަޅު އަޅަން ޖެހޭނެ އެވެ.މީގެ އިތުރުން އެ ސަރަހައްދުގެ ފެންފަށަލައަށް ކުރާނެ އަސަރު ދެނެގަނެ، އަންނާނެ ބަދަލުތައް ދިރާސާކޮށް، ބަދަލެއް އަތުވެދާނެ ކަމަށް ފެންނާނެ ނަމަ އެކަމެއް ރަނގަޅުކުރުމަށް ފިޔަވަޅު އެޅުމާއި، މިކަންކަން ތަންފީޒީ އިދާރާއަކުން މޮނިޓަރ ކުރަންޖެހޭނެ ކަމަށްވެސް އުސޫލުގައި ވަނީ ބުނެފައެވެ.