ޚަބަރު
ދެ ފަޅެއް މާފަރުގެ ބައެއް ގޮތުގައި ކަނޑައަޅައިފި
ނ. މާފަރު ފަޅު ތެރޭ އޮންނަ ދެ ފަޅު ރަށެއް މާފަރުގެ ބައެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވާ ނެރުއްވި ގަރާރުގައި ވިދާޅުވެފައިވާ ގޮތުން މާފަރުގެ ބައެއްގެ ގޮތުގައި މިލަންދުންމަޑުލު ދެކުނުބުރީ "ފަރުމުލި" އާއި "ކަންޑިންމަހުރާ" ކަނޑައަޅާފައިވަނީ ރައީސްއަށް ލިބިދޭ ބާރުގެ ދަށުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުންނެއެވެ.

މީގެ އިތުރުން އަރިއަތޮޅު އުތުރުބުރީ "ވެލިދޫދިއްގާ" ފަޅަކީ އެ އަތޮޅު ބޮޑުފޮޅުދޫ ބައެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުންނެއެވެ.

ރަށްރަށުގެ ކައުންސިލްތައް ބޭނުންވާ ގޮތަށް ކައިރީ ފަޅު ރަށްތައް ދޫކުރަމުން ގެންދާނެ ކަމަށް ދާދި ފަހުން ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު