ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ޖެނުއަރީން ފެށިގެން މެންބަރުކަމުގެ މުސާރަ ނުނަގަން: ނަޝީދު
އަލީ ރާޒީ
12 މެއި 2024 - 13:32
0
comments
Tweet
Telegram
ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށް ވީތީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ މުސާރަ ޖެނުއަރީ މަހުން ފެށިގެން ނަންގަވަމުން ނުގެންދަވާ ކަމަށް މަޖިލިހުގެ މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ސްރީލަންކާގެ "ދަ މޯނިން" ނޫހަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
މަޖިލިސް މެންބަރުކަމުގައި ހުންނަވައިގެން ކްލައިމެޓް ވަލްނަރަބްލް ފޯރަމް (ސީވީއެފް) ގެ ފުރަތަމަ ސެކްރެޓެރީ ޖެނެރަލްގެ ހައިސިއްޔަތުން ގާނާގައި މަސައްކަތް ކުރެއްވުމާ ގުޅޭ ގޮތުން އެ ނޫހުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ސީވީއެފްގައި މަސައްކަތް ކުރައްވަން ފެއްޓެވީ ފެބްރުއަރީ މަހު ކަމަށާއި މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރަ ޖެނުއަރީ މަހުން ފެށިގެން ނުނަންގަވާ ކަމަށެވެ.
ނަޝީދު އެގޮތަށް ވިދާޅުވި ކަމުގައި ވިޔަސް، ރައްޔިތުންގެ މަޖިލިހަށް ދާދި ފަހުން އެމަނިކުފާނު ފޮނުއްވި ސިޓީއެއްގައި އެދިވަޑައިގެންފައި ވަނީ މިދިޔަ މަހާއި މި މަހުގެ މުސާރަ އުނިކޮށް ދެއްވުމަށެވެ.
ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ގުޅޭ ކަންކަން ކުރެއްވުމުގައި ވަރަށް ގިނަ ވަގުތު ނަގާ ކަމަށެވެ. އަދި އެ މަގާމާ ރަސްމީކޮށް ހަވާލުވުމުގެ ގޮތުން ގިނަ ކަންކަން ހަމަޖައްސަންޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަވާރަ ވަނަ މަޖިލިހުގެ ފުރަތަމަ ރައީސް ކަން ނަޝީދު ކުރެއްވި އިރު، މި ދައުރު މި މަހު ހަމަވާނެ އެވެ.
ރައީސް ނަޝީދުގެ ދިރިއުޅުއްވުން ގާނާއަށް ބަދަލުކުރެއްވީ މިއަހަރުގެ ޖެނުއަރީ މަހު އެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވަނީ ސިޔާސީ މަސައްކަތްތަކުން މި ވަގުތަށް ދުރަށްޖެހިވަޑައިގަންނަވާ ކަމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިއުލާންކުރައްވާފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
23 ދުވަސް ކުރިން
0
އެމްޑީޕީ އަދި ޑިމޮކްރެޓްސްގައި މި ވަގުތު އަމަލީ މަސައްކަތެއް ނުކުރާނަން: ރައީސް ނަޝީދު
1 މަސް ކުރިން
0
މޫސުމީ ބަދަލުތަކުގެ އަގު ރާއްޖޭން ވަނީ އަދާކުރަން ޖެހިފައި: ނަޝީދު
1 މަސް ކުރިން
0
ކުރީގައި ވެސް ގޯތި ލިސްޓު ހެދީ ބޭއިންސާފުން، މިއީ އިތުރުވި ބޮޅެއް: ނަޝީދު
2 މަސް ކުރިން
0
މި އަހަރުގެ ގްލޯބަލް ސިޓިޒަން އެވޯޑު ކުރީގެ ރައީސް ނަޝީދަށް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އެމްއައިބީގެ ކާޑުން ކަނޑާލާ ޕްރޮމޯޝަނުގައި ދުބާއީ ދަތުރެއް
3 ގަޑިއިރު ކުރިން
0
ދިރާގު މޯލްޑިވްސް ރޯޑް ރޭސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
3 ގަޑިއިރު ކުރިން
0
ހުޅުމާލެގައި ހެދި އިސްރަށްވެހިންގެ ނާދީ ހުޅުވައިފި
3 ގަޑިއިރު ކުރިން
0
މަޝްއަރު ކުންފުނީގެ ވެރިޔާ އަށް މަނީލޯންޑަރިންގެ ދައުވާ ކޮށްފި
4 ގަޑިއިރު ކުރިން
0