ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ކުރީގައި ވެސް ގޯތި ލިސްޓު ހެދީ ބޭއިންސާފުން، މިއީ އިތުރުވި ބޮޅެއް: ނަޝީދު
އައިމިނަތު ޝިޔާޒާ
23 ޑިސެމްބަރ 2024 - 13:47
0
comments
Tweet
Telegram
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ފެށި ބިންވެރިޔާ ސްކީމުން ކުރިން ވެސް ނުހައްގުން ގޯތި ބަހައިފައިވާ ކަމަށާއި، އެ ސްކީމާ ގުޅޭ ގޮތުން މިހާރު ފެންމަތިވެފައިވާ މައްސަލައަކީ އެ ބޭއިންސާފަށް އިތުރުވި ބޮޅެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ގޯތީގެ ލިސްޓާއި ގުޅޭގޮތުން އެމަނިކުފާނު ދައްކަވަން އޮތީ ކުރީގައިވެސް ދެއްކެވި ވާހަކަ ކަމަށެވެ. އެގޮތުން ކުރީގެ ސަރުކާރުން އެކުލަވާލައި އާންމުކުރި ގޯތި ލިސްޓު އޮތީ ބޭއިންސާފުން ގިނަ ބަޔަކަށް ގޯތި ލިބޭގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ވަނީ ތަކުރާރުކުރައްވާފަ އެވެ.
ދާދި ފަހުން ބިންވެރިޔާ ސްކީމުގައި ޝަރުތުހަމަނުވާ ބައެއް ފަރާތްތަކަށް ގޯތި ލިބުނުކަމަށް ބުނާ ލިޔެކިއުން އާންމުވި މައްސަލައަށް އިޝާރާތްކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، އެއީވެސް ބޭއިންސާފަށް އިތުރުވި ބޮޅެއް ކަމަށެވެ.
ރައީސް ނަޝީދު ވަނީ ވަނީ ކުރިއާއި ޚިލާފަށް މިފަހަރު މިމައްސަލައިގެ ތަހުގީގު ފުލުހުން ފަށާފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި އެޗްޑީސީގެ އިސް ފަރާތްތައް މަގާމުން ވަކިކޮށްފައިވާކަންވެސް އެމަނިކުފާޏު ފާހގަކުރެއްވިއެވެ. އަދި މިމައްސަލައިގެ ތަހުޤީޤު ރަނގަޅަށް ދާނެ ކަމަށް އުއްމީދު ކުރައްވާކަމަށާއި، އެޗްޑީސީގެ އައު މެނޭޖިންގ ޑިރެކްޓަރު އެކަންކަން އިސްލާހުކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
މިދިޔަ ހަފުތާގައި އެޗްޑީސީއަށް ތުހުމަތުތައް އަމާޒުވީއިރު މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެ، އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދަށް ވެސް ޝަރުތު ހަމަނުވަނީސް ގޯތި ދީފައިވާ ކަމަށް ދޭހަވާ ލިޔެކިޔުން ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ.
އެ މައްސަލަ ތަހުގީގު ކުރަން ފެށުމުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ ފަޒުލްއާއެކު އެޗްޑީސީގެ ބޯޑުގެ ގިނަ މެންބަރުން ސަސްޕެންޑުކޮށްފައެވެ. އޭގެ ފަހުން ފަޒުލް ވަނީ ތުހުމަތުތަކަށް އިންކާރުކުރައްވައި، މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 ދުވަސް ކުރިން
0
ނަޝީދަށް ދިން ހަމަލާއަށް 4 އަހަރު: އިންސާފު ނުލިބޭތީ ކަންބޮޑުވުން
5 ދުވަސް ކުރިން
0
ރާއްޖޭގައި މައްސަލައަކީ ވެރިންނެއް ނޫން، ނިޒާމު: ރައީސް ނަޝީދު
7 ދުވަސް ކުރިން
0
ޒުވާން މަހްޒޫމާއި ޝިމަން ބަންދު ކުރުމުން ނަޝީދު ހިތްވަރު ދެއްވީ ޅެމަކުން
12 ދުވަސް ކުރިން
0
އިންޑިއާ-ޕާކިސްތާނުގެ ހަމަނުޖެހުމުގެ އަސަރު ރާއްޖެއަށް ކުރާނެ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ޕާކިސްތާނުގައި ތިބި، ދިވެހިންގެ ހާލު މިދަނީ ބަލަމުން: މިނިސްޓްރީ
2 ގަޑިއިރު ކުރިން
0
ވެއްޓުނީއެއް ނޫން، މަރުވަން ދޫކޮށްލީ: ޔުމްނުއާ ހަވާލާދީ އާއިލާ
2 ގަޑިއިރު ކުރިން
0
ފުލުހުންގެ ބައެއް ޑިޕާޓްމެންޓުތަކުގެ ވެރިން ބަދަލުކޮށްފި
3 ގަޑިއިރު ކުރިން
0
މެދުނުކެނޑި ބޭސް ލިބޭގޮތް ހެދުމަށް އެސްޓީއޯއިން އިންޑިއާ ކުންފުންޏަކާއެކު ސޮއިކޮށްފި
3 ގަޑިއިރު ކުރިން
0