ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރާއްޖޭގައި މައްސަލައަކީ ވެރިންނެއް ނޫން، ނިޒާމު: ރައީސް ނަޝީދު
ހަސަން ހަލީމް
04 މެއި 2025 - 15:41
0
comments
Tweet
Telegram
ރާއްޖޭގައި ހުރި ނުރަނގަޅު ގިނަ ކަންތައްތަކުގެ އަސްލަކީ ރިޔާސީ ނިޒާމު ކަމަށާއި ވެރިންގެ މައްސަލައެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމްކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ވަރަށް ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމުގެ ވެރިކަން ކަމަށެވެ.
"ވަކި ވެރިއެއްގެ މައްސަލައެއް ނޫން." ނަޝީދު ވިދާޅުވި އެވެ.
މިހާރު ރާއްޖޭން ބޭރުގައި ދިރިއުޅުއްވާ ނަޝީދު، ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ނުވަތަ ޕާލިމެންޓްރީ ނިޒާމެއް އޮތުމަށް ތާއީދު ކުރައްވާ އަނެއްކާވެސް ވާހަކަފުޅު ދެއްކެވި އިރު، ނިމިދިޔަ 19 ވަނަ މަޖިލީހުގެ ރިޔާސަތުގައި ނަޝީދު އިންނަވައިގެން ބަރުލަމާނީ ނިޒާމެއް ގެނައުމަށް މަސައްކަތްކުރައްވައި ކެމްޕޭނެއް ވެސް ކުރެއްވި އެވެ.
ރިޔާސީ އިންތިހާބުގެ ދެ ބުރު ބާއްވަން ޖެހޭ ގޮތް ބަދަލުކޮށް، ޕްރިފަރެންޝަލް ވޯޓިން ނިޒާމަކުން އެއް ބުރުން ރިޔާސީ އިންތިހާބު ނިންމަން ތާއީދުކުރައްވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ދުވަސް ކުރިން
0
ޒުވާން މަހްޒޫމާއި ޝިމަން ބަންދު ކުރުމުން ނަޝީދު ހިތްވަރު ދެއްވީ ޅެމަކުން
7 ދުވަސް ކުރިން
0
އިންޑިއާ-ޕާކިސްތާނުގެ ހަމަނުޖެހުމުގެ އަސަރު ރާއްޖެއަށް ކުރާނެ
14 ދުވަސް ކުރިން
0
އެއްބުރުން ރައީސަކު ހޮވަން ނަޝީދު ތާއީދުކުރައްވައިފި
29 ދުވަސް ކުރިން
0
އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅުން: ރައީސް ނަޝީދު
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އަހަރުގެ ފުރަތަމަ ތިން މަހު އެސްޓީއޯގެ އާމްދަނީ 4 ބިލިއަނަށް
2 ގަޑިއިރު ކުރިން
0
އެމްޑީއޭ އިން ސަރުކާރު ހިންގާ ކޯލިޝަނުން ވަކިވެއްޖެ
2 ގަޑިއިރު ކުރިން
0
28 ދުވަހުގެ ތެރޭގައި ގުޅި ހިއްކުމުގެ 80 ޕަސެންޓް ނިންމައިފި
3 ގަޑިއިރު ކުރިން
0
ކޮމިޝަންގެ މެމްބަރުންނަށް ހާއްސަ އެލަވަންސެއް
4 ގަޑިއިރު ކުރިން
0