ޚަބަރު
ގުރައިދޫ މަރުކަޒުގައި 10 މީހުންގެ ޖާގައިގެ ރީއިންޓެގްރޭޝަން ވޯޑެއް ހުޅުވައިފި
ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުިގައި ހުޅުވި ރީއިންޓަގްރޭޝަން ވޯޑު --
ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ ފަރާތްތަކަށް ބޭނުންވާ އާ ރީއިންޓަގްރޭޝަން ވޯޑެއް ހުޅުވައިފި އެވެ.

އިޖުތިމާއީ މިނިސްޓްރީން ބުނީ, 10 މީހުންގެ ޖާގައިިގެ, މި ވޯޑަކީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދާ އަދި މުޖުތަމައަށް ނިކުތުމަށް ތައްޔާރަށް ތިބި އަންހެނުންނަށް ހާއްސަކޮށްގެން ހުޅުވި ވޯޑެއް ކަމަށެވެ.

ބަދިގެއާއެކު ބޭނުންކުރެވޭ ގޮތަށް ގެއެއް ގޮތަށް ފަރުވާ ކޮށްފައިވާ މި ވޯޑު ހުޅުވުމުގެ ބޭނުމަކީ ގޭތެރޭގެ ދިރިއުޅުމުގައި ބޭނުންކުރާ ހުނަރުތަކާއި އާންމު އިޖުތިމާއީ ހުނަރުތައް ދަސްކޮށްދިނުމެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މި އިމާރާތުގެ އިތުރުން ފިރިހެނުންނަށް ޚާއްސަ 14 އެނދުގެ މިފަދަ އެހެން ވޯޑެއް އަންނަ މަހު ހުޅުވުމުގެ ތައްޔާރީތައް މިހާރު ކުރަމުންދާ ކަމަށެވެ.

ހަމައެއާއެކު ބޭންކް އޮފް މޯލްޑިވްސްއިން މި ވޯޑުތައް އިމާރާތް ކުރުމަށް ވެދެއްވި އެހީތެރިކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ގުރައިދޫ މަރުކަޒުގައި މިހާރު 220 މީހުން ތިބިއިރު އޭގެ ތެރޭގައި ހިމެނެނީ 133 ފިރިހެނުންނާއި, 87 އަންހެނުންނާއި، އެނދުމަތިވެފައިވާ 15 މީހުން އަދި ނަފްސާނީ ގޮތުން ބަލި 183 މީހުންނެވެ. މީގެ ތެރޭގައި 65 އަހަރުން މަތީގެ 31 މީހުން ހިމެނެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު