
ވިހިވަނަ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އަބްދުއްރަހީމާ ހަވާލުކުރަން ފާސްކުރީ 93 މެންބަރުންގެ ތެރެއިން 71 މެންބަރުންގެ ވޯޓުންނެވެ. އަބްދުއްރަހީމާ ވާދަކުރެއްވި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލަށް ލިބުނީ 14 ވޯޓެވެ. ބާތިލް ހަތް ވޯޓެވެ.މަޖިލީހުގެ ރައީސްގެ މަގާމަށް އަބްދުއްރަހީމް އަބްދުﷲ އިންތިޚާބު ކުރެއްވުމަށް ނަން ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމެވެ. އެ ހުށަހެޅުއްވުމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ ތާއީދު ކުރައްވާފައެވެ. މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބު ކުރަނީ މަޖިލީހުގެ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.