ޚަބަރު
ނުރައްކާތެރި ކުށްތަކަށް ފުލުހުންގެ ހާއްސަ ފައުޖެއް އުފައްދަނީ
ދިވެހި ފުލުހުންގެ ހިދުމަތުގެ ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކޮށްފި އެވެ.

ސީޕީ ޝުޖާއު މިހެން ވިދާޅުވީ 2024 އިން 2028އަށް ފުލުހުން އަމަލުކުރާނެ ސްޓްރެޓަޖިކް ޕްލޭން އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނި ގޮތުގައި، ފުލުހުންގެ އާ ސްޓްރެޓެޖިކް ޕްލޭންގައި ވަނީ މައިގަނޑު ފަސް ކަމަކަށް ހާއްސަ އިސްކަމެއްދޭން ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ؛

• ކުށާއި ކުށުގެ ބިރުވެރިކަން ނައްތާލުމަށް މަސައްކަތްކުރުން.

• ފުލުހުންނާއި މުޖުތަމައާ އޮންނަ ގުޅުން ވަރުގަދަކުރުން.

• ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ފިޒިކަލް އިންފްރާސްޓްރަކްޗާ އާއި ޓެކްނޮލޮޖީ އަދި އެހެނިހެން ވަސީލަތްތައް އަޕްގްރޭޑްކުރުން.

• ފުލުހުންގެ އެތެރޭގެ ޑިޕާޓްމަންޓްތަކާއި ސިސްޓަމްތަކާއި ޕްރޮސެސްތަކާއި ގަވާއިދުތަކާއި ޕޮލިސީ އަދި ޕްރޮސީޖާތައް ރިވިއުކޮށް އިސްލާހުތައް ގެނައުން.

• ފުލުހުންނަކީ ދެފުށް ފެންނަ ޕްރޮފެޝަނަލް ހިދުމަތެއް ދޭ އިދާރާއަކަށް ހަދައި، ފުރިހަމަ އަށް ޖަވާބުދާރީ ވެވޭ ވަރުގެ ތަނަކަށް ހެދުން.

ސީޕީގެ ވާހަކަފުޅުގައިވަނީ ފުލުހުންގެ ސްޓްރެޓަޖިކް ޕްލޭންގެ ދަށުން، ފުލުހުންގެ ޚިދުމަތް ލާމަރުކަޒު ކުރެވިގެންދާނެ ކަމަށެވެ. އަތޮޅުތެރޭގައި ފުލުހުންގެ ކަންކަމުގައި ވެސް ކޮމާންޑް އަންނަނީ މާލެއިންކަން ފާހަގަ ކުރައްވައި، ސީޕީ ވިދާޅުވީ އެ ބަދަލާއެކު، އަތޮޅުތެރޭގެ ކޮމާންޑަރުންގެ އަތްމައްޗަށް ވަރަށް ގިނަ ކަންތައްތައް ދޫކުރެވިގެންދާނެ ކަމަށެވެ.

ފުލުހުންގެ ޚިދުމަތް ލާމަރުކަޒު ކުރުމުގެ ބޭނުމެއް ކަމަށް ސީޕީ ފާހަގަކުރެއްވީ ފުލުހުންގެ ޚިދުމަތް ރައްޔިތުން ބޭނުންވާ ގޮތަށް، އަދި ރައްޔިތުންނާ ގާތުން ދިނުމެވެ. އެ ގޮތުން އަތޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ބައްޓަން ކުރެވިގެންދާނީ ކައުންސިލްތަކާ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިގެން ކަމަށް ސީޕީ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ސަރުކާރުން ކަނޑައަޅާފައިވާ ލާމަރުކަޒުކުރުމުގެ އެންމެ ރިވެތި ނަމޫނާ، ފުލުހުންގެ ޚިދުމަތުގެ ފަރާތުން ފެނިގެންދާނެ" ސީޕީ ޝުޖާއު ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ސީޕީގެ ވާހަކަފުޅުގައި 2024 -2028އަށް ފުލުހުން އަމަލުކުރާނެ ސްޓްރެޓަޖިކް ޕްލޭންގައި އިސްކަންދޭ ބައެއް ކަންތައްތައް ވަނީ ފާހަގަ ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
100%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު