ޚަބަރު
އެމްޑީޕީ ދާއިރާ ނައިބުރައީސް ކަމަށް ވާދަކުރަން ހުޅުވާލައިފި
މި ވަގުތު އިދިކޮޅުގައި އޮތް އެމްޑީޕީގެ ދާއިރާތަކުންނާއި ރަށްރަށުން ހުސްވެފައިވާ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ ދާއިރާތަކުންނާއި ރަށްތަކުން ހުސްވެފައިވާ ނައިބު ރައީސްކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާ ކަމަށާއި، މި އިންތިޚާބު އޮންނާނީ 02 އޯގަސްޓް 2024 ވާ ހުކުރު ދުވަހު ކަމަށެވެ.

މި މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކަކީ، 1 ޖުލައި 2024 އާއި ހަމައަށް އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަނުގައި ދަފްތަރުވެފައިވުމާއި ވޭތުވެދިޔަ 5 އަހަރު ތެރޭގައި ޕާޓީގެ އަސާސީ ޤަވާއިދާއި ހިލާފުވެފައި ނުވާ މެންބަރެއްކަމުގައިވުމެވެ.

ބައި އިލެކްޝަނުގައި ވާދަކުރަން ނަން ހުށަހެޅޭނެ އެންމެ ފަހު ސުންގަޑިއަކީ މިއަންނަ ހޮނިހިރު ދުވަހުގެ މެންދުރު 2:00 އެވެ. އެމްޑީޕީން މިފަހުން ވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ހުސްވެފައިވާ މަގާމުތަކަށްވެސް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު