ޚަބަރު
ވަޒީފާއިން ވަކިކުރާ މީހުންނަށް އެމްޑީޕީން ގާނޫނީ އެހީ ފޯރުކޮށްދެނީ
ގާނޫނާ ހިލާފަށް ސަރުކާރުގެ ކުންފުނިތަކާއި ސިވިލް ސާވިސްގެ ވަޒީފާތަކުން ވަކިކުރާ މީހުންނަށް ގާނޫނީ އެހީތެރިކަން ދިނުމަށް އިދިކޮޅު އެމްޑީޕީން ނިންމައިފި އެވެ.

އެމްޑީޕީން އެގޮތަށް ނިންމީ ސަރުކާރަށް ނުވަތަ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުނުކުރާ މުވައްޒަފުންނަށް ސިޔާސީ ގޮތުން ބިރުދައްކައި، ސިޔާސީ ސަބަބުތަކަށް ޓަކައި ވަޒީފާތަކުން ވަކިކުރަމުންދާތީ ކަމަށް ބުނެއެވެ.

އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެމްޑީޕީން ވަނީ ސިޔާސީ ގޮތުން ވަޒީފާއިން ވަކިކުރާ ނުވަތަ ސިޔާސީ ސަބަބުތަކަށް ޓަކައި ފިޔަވަޅު އަޅާ މުވައްްޒަފުންގެ ތެރެއިން އެ ޕާޓީގެ ގާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން، އެ ފަރާތްތަކުގެ ވަޒީފާއާގުޅޭ އެންމެހާ މައުލޫމާތު ވީ އެންމެ އަވަހަކަށް ފޮނުވައި ދޭން އެދިފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު