ވިޔަފާރި
މޯލްޑިވިއަންގެ ބޯޓަށް ދިމާވި މައްސަލަ ހައްލުކޮށްފި
މޯލްޑިވިއަންގެ އެއާބަސް A320 މަރުގެ މަތިންދާބޯޓަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް މިއަދު މެންދުރު އަނބުރާ ރާއްޖެ ގެނެސްފި އެވެ.

މޯލްޑިވިއަންގެ A-320 އަށް ދިމާވި އިންޖީނު މައްސަލައަކާ ގުޅިގެން އެ ބޯޓުގެ ދަތުރުތައް ކެންސަލް ކުރީ އިއްޔެއެވެ.

މޯލްޑިވިއަނުން ބުނީ އެއާބަސް މަރުކާގެ މި ބޯޓަކީ މިދިޔަ މަހުގެ ތެރޭގައި މައްސަލައެއް ދިމާވެ ސާވިސް ކޮށްފައިވާ ބޯޓެއް ކަމަށެވެ. އަދި އިއްޔެގެ ދަތުރުތައް ކެންސަލް ކޮށްފައި ވަނީ ސާވިސްއަށް ފަހު ޓެސްޓުކުރުމުގެ ތެރޭގައި އިތުރު މައްސަލައެއް އުޅޭތީ ކަމަށް އެ ކުންފުނިން ބުންޏެވެ.

މޯލްޑިވިއަންއިން ބުނީ ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މެލޭޝިއާގައި ހުންނަ ސީޕެންގް އިންޖިނިއަރިންއިން ބޯޓަށް ބޭނުންވާ މެއިންޓަންސް އަދި ރިޕެއާގެ ހިދުމަތް ހޯދާފައިވާ ކަމަށެވެ. އަދި މި ބޯޓު މިހާރު މާލެ ގެނެސްފައިވާ ކަމަށާއި، ބޯޓުގެ ދަތުރުތައް މިރޭ ފަށާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

މޯލްޑިވިއަންއިން ބުނީ މިރޭ 9 ޖަހާއިރު މި އެއާބަހުގައި ރާއްޖެއިން ބަންގްލަދޭޝްގެ ޑާކާއަށް ދަތުރުތައް އަލުން ފަށާނެ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު