ވިޔަފާރި
މޯލްޑިވިއަންގެ ދަތުރުތައް އަލުން ބަންގްލަދޭޝަށް ފަށައިފި
ދާހިލީ ހަމަނުޖެހުންތައް ގޯސްވެ، ބޮޑުވަޒީރު އިސްތިއުފާދީފައިވާ ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ގައުމީ އެއާލައިން މޯލްޑިވިއަނުން ކުރާ ދަތުރުތައް ހުއްޓާލައިފަ އޮތުމަށް ފަހު މިއަދު އަލުން ދަތުރުތަށް ފަށައިފި އެވެ.

މޯލްޑިވިއަނުން ބުނީ މިހާރު އަލުން ބަންގްލަދޭޝްއަށް ކުރަމުންއައި ދަތުރުތައް ފަށައިގެން ކުރިއަށްދާކަމަށެވެ. ނަމަވެސް ފްލައިޓްގެ އަދަދު ވަނީ މަދުކޮށްފަ އެވެ.

ކުރިން ހަފްތާއަކު 2 ދަތުރު މޯލްޑިވިއަނުން ބަންގްލަދޭޝަށް ކުރަމުންދިޔަނަމަވެސް މިހާރު ކުރަނީ ހަފްތާއަކު އެންމެ ދަތުރެއްކަމަށް މޯލްޑިވިއަނުން ބުންޏެވެ.


މޯލްޑިވިއަންގެ ދަތުރުތަކުގެ އަޕްޑޭޓް ހޯދުމަށް

- ރާއްޖޭގައި ނަމަ 1671 އަށް ގުޅުން

- ބަންގްލަދޭޝްގައި ނަމަ 8801621211316+ އަށް ގުޅުން

- cc@iasl.aero އަށް މެއިލް ކުރުން

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު