ޚަބަރު
އައިލެންޑް އޭވިއޭޝަންގެ ޗެއާޕާސަން ވެސް މަގާމުން ވަކިކޮށްފި
އައިލޭންޑް އޭވިއޭޝަންގެ ޗެއާމަނަކަށް ހުންނެވި މިހާދު-- ފޮޓޯ: ރައީސް އޮފީސް
އައިލެންޑް އޭވިއޭޝަން ސާވިސްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަންގެ މަގާމުން މުހައްމަދު މިހާދު މަގާމުން ވަކި ކުރައްވައިފިއެވެ.

އެކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ބޯޑުން ވަނީ ޔަގީންކޮށްދީފަ އެވެ.

އާ ސަރުކާރާ އެކީ އައިލެންޑް އޭވިއޭޝަންގެ ޗެއާޕާސަންގެ މަގާމަށް މިހާދު އައްޔަން ކުރުމުގެ ކުރިން ހުންނެވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިހާދު ހަމަޖެއްސީ 2021 ވަނަ އަހަރު ޖެނުއަރީގަ އެވެ.

މިހާދަކީ ކުރިން ވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ކަން އޭނާ ކުރެއްވި އެވެ.

މިހާދަކީ އިންޓަނޭޝަނަލް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އޮސްޓްރޭލިއާއިން މާސްޓާޒް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ ފިނޭންސްގައި 15 އަހަރު ހިދުމަތް ކުރައްވާފައެވެ.




ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު