ވިޔަފާރި
އޭޓީއާރުގެ އިތުރު ތިން ބޯޓަށް ފައިނޭންސް ކޮށްދޭނެ ބަޔަކު ހޯދަނީ
ގައުމީ އެއާލައިން މޯލްޑިވިއަންއަށް އޭޓީއާރް މަރުކާގެ ތިން މަތިންދާ ބޯޓު ގަނެދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފި އެވެ.

އައިއޭއެސްއެލް އިން މިފަހުން ކުރި އިއުލާނެއްގައި ބުނީ, އެ ކުންފުނިން ގެންނަން ނިންމާފައިވަނީ އޭޓީއާރު 600-42ގެ ތިން ބޯޓު ކަމަށާއި އެ ބޯޓުތަކަކީ އެ ކުންފުންޏާއި އޭޓީއާރުއާ ދެމެދު ސޭލްސް އެންޑް ޕާޗޭސް އެގްރީމެންޓެއްގެ ދަށުން ހޯދާ ބޯޓުތަކެއް ކަމަށެވެ.

އަދި އެ ބޯޓުތަކަށް ފައިނޭންސް ކޮށްދޭ ބަޔަކަށް އަނބުރާ ފައިސާ ދެއްކުމަށް މަދުވެގެން 15 އަހަރުގެ މުއްދަތެއް ދޭންވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

އައިއޭއެސްއެލްގެ އިއުލާނުގައި ބުނެފައިވާ ގޮތުން އެ ތިން ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓަށް ފައިނޭންސް ހަމަޖެހި ގެނެވޭނެ ކަމަށް ބެލެވެނީ މި އަހަރުގެ ޑިސެމްބަރަށެވެ. އަދި ދެވަނަ ބޯތު އޮގަސްޓް 2025 ގައި ގެނެވޭނެ ކަމަށް ލަފާކޮށްފައިވާއިރު, ތިންވަނަ ބޯޓު ގެނެވޭނެ ކަމަށް ބުނެފައިވަނީ އޮކްޓޯބަރު 2026 އަށެވެ.

އެ ތިން މަތިންދާ ބޯޓަށް ފައިނޭންސް ކުރަން ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާނީ މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މޯލްޑިވިއަންގައި ބޭނުންކުރާ މަތިންދާ ބޯޓްތައް އިތުރުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ދެއެވެ. އެގޮތުން ދުރު މަންޒިލްތަކަށް ދަތުރުތައް ފެށުމަށް ވައިޑް ބޮޑީ އެއާކްރާފްޓެއް ހޯދުމަށް ވެސް ވައިގެ އުޅަނދު ކުއްޔަށް ދޭ ބައިނަލްއަގުވާމީ ކުންފުނި ޓްރޫނޯޑްއާ އެކު ދާދިފަހުންވެސް އެއްބަސްވުމެއްގައި ސޮއި ކުރި އެެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު