ވިޔަފާރި
ޓްރިޕްކޮމްގައި މޯލްޑިވިއަން އަށް މިހާރު ބުކް ކުރެވޭނެ
މަޝްހޫރު ޓްރެވަލް އޭޖެންސީ "ޓްރިޕް.ކޮމް" މެދުވެރިކޮށް މޯލްޑިވިއަންގެ ޓިކެޓް ގަނެވޭނެ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އިން އޮޕަރޭޓް ކުރަމުން އަންނަ ގައުމީ އެއާލައިނުން ބުނީ ޓްރިޕް.ކޮމްއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން އެ ވެބްސައިޓު މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ބުކިން ހެދޭނެ ގޮތް މެދުވެރިވުމަކީ ފަސިންޖަރުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.

އެގޮތުން މި ޕާޓްނާޝިޕްގެ ސަބަބުން އޮންލައިން ޕްލެޓްފޯމުގައި ބައިވެރިވުން އިތުރަށް ހަރުދަނާވެ، ފަސިންޖަރުންނަށް ފަސޭހަކަމާއެކު ރާއްޖެއަށް އައުމަށް ފުރުސަތު ލިބޭނެ ވެސް މޯލްޑިވިއަނުންން ބުންޏެވެ. އެ އެއާލައިނުން ފާހަގަކުރި ގޮތުގައި މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ވެސް މެ އެވެ.

ޓްރިޕަކީ 24 ބަހަކުން ހިންގާ 39 ގައުމެއްގައި އޮޕަރޭޓް ކުރާ އިންޓަނޭޝަނަލް ޓްރެވަލް އޭޖެންސީ އެކެވެ. އެ ވެބްސައިޓުން 1.1 މިލިއަން ހޮޓަލާއި 510 އެއާލައިންގެ ފްލައިޓަށް ބުކިން ހެއްދޭނެ އެވެ.

މޯލްޑިވިއަންގެ ފްލީޓުގައި 15 ބޯޓު ހިމެނެ އެވެ. އޭގެ ތެރޭގައި އޭޓީއާރްގެ ހަތަރު ބޯޓާއި އެއާބަސް އޭ320 މަރުކާގެ ބޯޓަކާއި ޑޭޝް މަރުކާގެ ބޯޓުތައް ވެސް ހިމެނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު