ޚަބަރު
ރާއްޖެއިން ބަންގްލަދޭޝަށް ކަނޑައެޅި ސަފީރު، ބަންގްލަދޭޝްގެ ރައީސަށް ފަތްކޮޅު އަރުވައިފި
ރާއްޖެއިން ބަންގްލަދޭޝްއަށް ކަނަޑައެޅުއްވި އައު ސަފީރު، ޝިއުނީން ރަޝީދު އެކަމަނާގެ ސަފީރު ކަމުގެ ފަތްކޮޅު ބަންގްލަދޭޝްގެ ރައީސް މުހައްމަދު ޝަހަބުއްދީން އަށް އަރުވައިފި އެވެ.

ޝިއުނީން، ސަފީރު ކަމުގެ ފަތްކޮޅު ބަންގްލަދޭޝްގެ ރައީސް މުހައްމަދު ޝަހަބުއްދީނަށް އަރުވާފައި ވަނީ މިއަދު ހެނދުނު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުންނަ ރިޔާސީ ގަނޑުވަރު ބޮންގަބަބަންގައި އެކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި ބަންގްލަދޭޝްގެ ރައީސް ޝަހަބުއްދީން ވަނީ ސަފީރު ޝިއުނީނަށް ހޫނު މަރުހަބާއެއް ވިދާޅުވެ، ތަހުނިޔާ ވިދާޅުވެފައެވެ.

މިބައްދަލުވުމުގައި ސަފީރު ޝިއުނީން ވަނީ ބަންގްލަދޭޝްގެ ރައީސްއަށާއި ރައްޔިތުންނަށް ދިވެހިރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ހެޔޮއެދުންތަކާއި ތަހުނިޔާ ވިދާޅުވެފައެވެ.

އަދި ބަންގްލަދޭޝް ސަރުކާރާއެކު އެކި ދާއިރާތަކުން މިހާރަށްވުރެ ބޮޑަށް ގުޅުން ބަދަހިކޮށް، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތްގުޅުން ދަމަހައްޓައި އިތުރަށް ވަރުގަދަ ކުރުމަށް އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 1978 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ. ސަފީރު ޝިއުނީން އަކީ ރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައެޅުއްވި ހަތްވަން ސަފީރެވެ.
 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު