ޚަބަރު
އިނގިރޭސިވިލާތަށް ދަތުރުކުރުމުގެ ކުރިން އިތުރު ހުއްދައެއް ނަގަންޖެހޭ ގޮތް ހަދައިފި
އިނގިރޭސިވިލާތުން އިމިގްރޭޝަން ގަވާއިދަށް ބަދަލުތަކެއް ގެންނާތީ، އެ ގައުމަށް ދަތުރުކުރާ ދިވެހީން އެކަމަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން މިއަދު އިލްތިމާސްކޮށްފި އެވެ.

ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އިނގިރޭސިވިލާތުގެ ސަރުކާރުން އެ ގައުމުގެ އިމިގްރޭޝަން ގަވައިދަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

މި ބަދަލުތަކުގެ މައިގަނޑު މަގްސްދަކީ އެގައުމުގެ ބޯޑަރު ކޮންޓްރޯލް ސެކިއުރިޓީ ޑިޖިޓަލައިޒްކޮށް، އިތުރަށް ހަރުދަނާކޮށް، އިމިގްރޭޝަން ނިޒާމުގެ ނަހަމަ ބޭނުންކުރުން ހުއްޓުވައި، އިނގިރޭސިވިލާތަށް ވަނުމުގެ ކުރިން އިތުރު ސަލާމަތީ ފިޔަވަޅުތައް އެޅުމެވެ.

މި ބަދަލާ ގުޅިގެން، އަންނަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން، ރާއްޖެ ހިމެނޭ ގޮތަށް 49 ގައުމެއްގެ ރައްޔިތުންނަށް އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީޓީއޭ) އަށް ރިކުއެސްޓް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

އީޓީއޭއެއްގެ އަގަކީ 10 ޕައުންޑެވެ. އެ ހުއްދައިގެ މުއްދަތަކީ ދެ އަހަރު ދުވަހެވެ. ކޮންމެ ދަތުރެއްގައި އެއްފަހަރާ ގިނަ ވެގެން ހަ މަސް ދުވަހަށް ވުރެ އިތުރުނުވާ ގޮތަށް ނުވަތަ ޕާސްޕޯޓު މުއްދަތު ހަމަވަންދެން އިނގިރޭސިވިލާތަށް ގިނަ ދަތުރުކުރުމުގެ ހުއްދަ ދެވޭނެ ކަމަށް އިނގިރޭސި ސަރުކާރުން މައުލޫމާތު ދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

"އޭޕްރީލް 2، 2025 އިން ފެށިގެން އިނގިރޭސިވިލާތަށް ދަތުރުކުރާ އިނގިރޭސިވިލާތާއި އަޔަލެންޑުގެ ރައްޔިތުން ފިޔަވައި ހުރިހާ ގައުމެއްގެ ރައްޔިތުން ވެސް އިނގިރޭސިވިލާތަށް ދަތުރުކުރުމުގެ ކުރިން އީޓީއޭއަށް ރިކުއެސްޓް ކުރަން ޖެހޭނެ ކަން ވެސް ފާހަގަކޮށްފައިވެ އެވެ." ބަޔާނުގައި ވެ އެވެ.

އީޓީއޭއާ ބެހޭ އިތުރު މައުލޫމާތު އިނގިރޭސިވިލާތުގެ ސަރުކާރުގެ ޚިދުމަތްތަކާ ބެހޭ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އިނގިރޭސިވިލާތަކީ ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅުން ބަދަލުކޮށްފައިވާ އަދި ތައުލީމު ހާސިލުކުުރުމަށާއި ޗުއްޓީއަށާއި ވިޔަފާރިއަށް ވެސް ދަތުރުކުރާ ގައުމެކެވެ.ަ

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު