ޚަބަރު
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ފަރުދީ ޒިންމާއެއް: ފަސްޓް ލޭޑީ
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޖަލްސާގައި ފަސްޓްލޭޑީ ސާޖިދާ ވާހަކަފުޅުދައްކަވަނީ --
ކާބޯތަކެތީގެ ރައްކާތެރިކަމަކީ، ފަރުދީ ޒިންމާއެއްކަމުގައި ފާހަގަކުރައްވައި، އެންމެންގެ ސަލާމަތަށްޓަކައި އެންމެން ގުޅިގެން އެކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އެދިވަޑައިގެންފި އެވެ. 

އެކަމަނާ މިކަމަށް އެދިވަޑައިގަތީ ރޭ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ކުރިއަށްދިޔަ މި ޖަލްސާގައި ފަސްޓް ލޭޑީ ސާޖިދާ ވަނީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރެވޭ މުހިންމު މަގުސަދުތަކުގެ މައްޗަށް އަލިއަޅުވާލައްވާފަ އެވެ. އެގޮތުން ކާބޯތަކެތީގެ ރައްކާތެރިކަމަށް މީހުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، ކާބޯތަކެތީގެ ޒަރިއްޔާއިން ބަލިފެތުރޭ ގޮތްތަކަށް އަހުލުވެރިކުރުމާއި، ރައްކާތެރިގޮތުގައި ބޯފެން އަދި ކާބޯތަކެތި ބޭނުންކުރުމުގެ އުސޫލުތައް ފުރިހަމަ ގޮތުގައި އަންގައިދިނުމާއި، ދިފާއީ ނިޒާމު ރައްކާތެރިކޮށްދޭ ކާނާއަށް ޝައުގުވެރިކަން އިތުރުކުރުން ހިމެނޭކަން ފާހަގަކުރެއްވި އެވެ. ހަމަ އެއާއެކު " ކާބޯތަކެއްޗަކީ އިންސާނާގެ ދިރިހުރުމަށާއި، ދުޅަހެޔޮކަމަށް އެންމެ މުހިންމު އެއް ވަސީލަތް. އިންސާނީ ހަޔާތުގެ ތަރައްގީއަށް، އިންސާނުންގެ ތޫނުފިލިކަމަށް، އިންސާނުންގެ ރޫފަހެޔޮކަމަށް، ކާނާ މުހިންމުވޭ. މި ކަމުގެ ހޭލުންތެރިކަމާއި ޝައުގުވެރިކަން މުޖުތަމަޢުގައި އޮންނަންޖެހޭ." ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވި އެވެ.

"ކާބޯތަކެއްޗަކީ އިންސާނާގެ ދިރިހުރުމަށާއި، ދުޅަހެޔޮކަމަށް އެންމެ މުހިންމު އެއް ވަސީލަތް. އިންސާނީ ހަޔާތުގެ ތަރައްގީއަށް، އިންސާނުންގެ ތޫނުފިލިކަމަށް، އިންސާނުންގެ ރޫފަހެޔޮކަމަށް، ކާނާ މުހިންމުވޭ. މި ކަމުގެ ހޭލުންތެރިކަމާއި ޝައުޤުވެރިކަން މުޖުތަމައުގައި އޮންނަންޖެހޭ،" މި ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ސާޖިދާ ވިދާޅުވި އެވެ. 

މި އަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިއާރަކީ 'ކާބޯތަކެތީގެ ރައްކާތެރިކަން: ކުރިމަތިވެދާނެ ކަމަކަށް ތައްޔާރުވަމާ!' ކަމުގައި ފާހަގަކުރައްވައި ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ މިއަހަރުގެ ޝިއާރުން އިންސާނާގެ ދުޅަހެޔޮކަމާ ރައްކާތެރި ކާނާއާ ގުޅިފައިވާ މިންވަރާއި، ދެމެހެއްޓެނިވި ތަރައްގީއާ ރައްކާތެރި ކާބޯތަކެއްޗާ ގުޅިފައިވާ މިންވަރު އެނގިގެންދާކަމަށެވެ.

މީގެ އިތުރުން އެކަމަނާ ވަނީ މިފަދަ ކާބޯތަކެތީގެ ރައްކާޓެރިކަމަށް މަސައްކަތް ކުރަމުން އަންނައިރު، ދާދި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލުގެ މުހިންމު ކަން ވެސް ފާހަގަކުރައްވައިފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު